logoEN
PNC TOP 3
ރަށުން ބޭރުގައި ފޮރެސްޓް އަތުން ލިވަޕޫލަށް އުނދަގޫ މޮޅެއް

ރަށުން ބޭރުގައި ފޮރެސްޓް އަތުން ލިވަޕޫލަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

2/22/2026, 11:35:47 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ލިވަޕޫލް# އިނގިރޭސި ޕްރިމިއާ ލީގު# ނޮޓިންހަމް ފޮރެސްޓް

ނޮޓިންގްހަމް ފޮރެސްޓާއި ލިވަޕޫލް ވާދަކުރި މެޗުގެ ތެރެއިން..

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ނޮޓިންގްހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފިއެވެ.

PNC MID 2

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ސަންޑަލޭންޑް އަތުން މޮޅުވެފައިވާއިރު، ލީގުގައި ނޮޓިންހަމް ފޮރެސްޓް އެންމެ ފަހުން ކުޅުނު މެޗުގައި ވުލްވްސް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފޮރެސްޓުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ފޮރެސްޓުން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ލިވަޕޫލުގެ ގޯލަށް 12 ހަމަލާއެއް ފޮނުވާލާފައެވެ. އަދި އޭގެ ތެރެއިން ދެ ހަމަލާއެއް ގޯލާއި އަމާޒުވެފައިވާއިރު، މިހާފުގައި ފޮރެސްޓްގެ ގޯލާއި އަމާޒުކޮށް ލިވަޕޫލަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި ދެޓީމުން ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާއިރު، ލީވަޕޫލް މެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެލެކްސިސް މާކް އެލިސްޓާއެވެ.

މިނަތީޖާއެކު ލިގުގައި ކުޅުނު 27 މެޗުން ލިވަޕޫލަށް 45 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ. އަދި މިމެޗުން ބަލިވި ފޮރެސްޓުން ލީގުގައި ކުޅުނު 27 މެޗުން ހޯދި 27 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC