
ހަތަރު ރަށެއްގެ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމަށް ފެނަކައިން އައު ޖެނެރޭޓަރުތަކެއް ގެނެސްފި
# ފެނަކަ ކޯޕަރޭޝަން-
ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މުޅިން އައު ހަތަރު ޖެނެރޭޓަރު ގެނެސްފިއެވެ.

ފެނަކައިން ބުނީ އަލަށް ގެނެސްފައިވަނީ 600 ކިލޯވޯޓުގެ ތިން ޖެންސެޓާއި 400 ކިލޯވޯޓުގެ އެއް ޖެންސެޓު ކަމަށެވެ. މީގެ ތެރެއިން ދެ ޖެންސެޓް ރަށްރަށަން ފޮނުވާލުމުގެ މަސައްކަތް މިހާރު ހިނގަމުންދާއިރު، އިތުރު ދެ ޖެންސެޓް މާލެ ގެނެސް ކްލިއަރ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ޖެންސެޓްތައް ފޮނުވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
600ކވ – ލ.އިސްދޫ
400ކވ – ލ.ދަނބިދޫ
600ކވ – ބ.ކެންދޫ
600ކވ – ހއ.ކެލާ
މީގެ ތެރެއިން ލ. ދަނބިދުއަށް ގެންދާ 400ކވގެ ޖެންސެޓާއި ލ.އިސްދުއަށް ގެންދާ 600ކވގެ ޖެންސެޓްވަނީ އެރަށްރަށަށް ގެންދިޔުމަށް ލޯޑް ކުރެވިފައެވެ. އަދި މާދަމާގެ ވަގުތެއްގައި މި ރަށްތަކަށް ފޯރާނެކަމަށް ލަފާކުރެވޭކަމަށާއި ކެލައަށާއި ކެންދޫއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދެ ޖެންސެޓް މިއަދުގެ ވަގުތެއްގައި ކްލިއަރކުރެވި، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެރަށްރަށަށް ފޮނުވުމަށް ހަމަޖެހިފައިވާކަން ފެނަކައިން ވަނީ ހާމަކޮށްފައެވެ.
މި ރަށްރަށުގައި ޑިމާންޑަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި މިވަގުތު ދަނީ ހުރިހާ ޖެނެރޭޓަރެއް އެއްފަހަަރާ ބޭނުން ކުރަމުންނެވެ. މިއާއިއެކު، މި ޖެންސެޓްތައް އިންސްޓޯލްކޮށް ޚިދުމަތަށް ބޭނުން ކުރަން ފެށުމުން، މި ހަތަރު ރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށް ފެނަކައިން ބުނެއެވެ.
ގުޅުންހުރި

ހަތަރު ރަށެއްގެ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމަށް ފެނަކައިން އައު ޖެނެރޭޓަރުތަކެއް ގެނެސްފި

ރަމަޟާން މަހު ކަރަންޓު ބިލުން ދޭ ޑިސްކައުންޓާއެކު ފެނަކަ ކަސްޓަަމަރުންގެ ބިލް ތައްޔާރުކުރާ ތާރީހަށް ބަދަލުތަކެއް

ނޫނު އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށްދާ ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

.gif&w=3840&q=75)



