
ރޮނާލްޑޯގެ ދެލަނޑާއެކު އަލް ހަޒެމް ބަލިކޮށް އަލް ނަސްރު އެއްވަނައަށް
# އަލް ނަސްރު # ބޭރު ދުނިޔޭގެ ކުޅިވަރު# އަލް ހަޒަމް # ސައުދީ ޕްރޮފެޝަނަލް ލީގުރޮނާލްޑޯ (ކ) ލަނޑުޖެހުމަށްފަހު ކޯމަން (ވ) އާއެކު އުފާފާޅުކުރަނީ..
ސައުދީ ޕްރޯ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއަކުން އަލް ހަޒަމް ބަލިކޮށް އަލް ނަސްރުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެެވެ.

ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި އަލް ފަތޭހް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި އަލް ހަޒަމް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން އަލް އުޚްދޫދް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ނަސްރު އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އަލް ނަސްރުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު އަލް ނަސްރު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިމެޗުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމު އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް އެންޖެލޯ އަދި ކިންގްސްލީ ކޯމަން އެވެ.
މިމެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެލަނޑާއެކު ހުރިހާ މުބާރާތެއްގައި ކުލަބަށާއި ގައުމީ ޓީމަށް އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 964 ށް އަރާފައެވެ. އަދި މިއީ މިސީޒަނުގައި ސައުދީ ލީގުގައި ކުޅުނު 20 މެޗުގައި ރޯނާލްޑޯ ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. މީގެ އިތުރުން މިހާރު އުމުރުން 41 އަހަރުގެ ރޮނާލްޑޯ، އޭނާގެ އުމުރުން 30 އަހަރު ފުރުނު ފަހުން މިހާތަނަށް ވަނީ 501 ލަނޑު ކާމިޔާބުކޮށްފައެވެ.
މިނަތީޖާއެކު ލީގުގައި އަލް ނަސްރު ކުޅުނު 22 މެޗުން އެޓީމަށް 55 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް ހަޒެމް އިން ލީގުގައި ކުޅުނު 22 މެޗުން ހޯދި 24 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 12 ވަނައިގައެވެ.
.gif&w=3840&q=75)






