logoEN
PNC TOP 3
ގާފު ރެސިޕީ: ވަން ޕޮޓް ޓާކޯ ޕާސްތާ

ގާފު ރެސިޕީ: ވަން ޕޮޓް ޓާކޯ ޕާސްތާ

ސާރާ އަހުމަދު

logo

2/19/2026, 11:55:00 AM

# ގާފު ރެސިޕީ

-

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

PNC MID 2

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީއިން ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ދެވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ވަން ޕޮޓް ޓާކޯ ޕާސްތާ އެވެ.

ބޭނުންވާނެ ތަކެތި:
  1. 1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
  2. 1 ފިޔާ (ކުދިކޮށް ކޮށާފައި)
  3. 1 ރަތް ބެލް ޕެޕަރ (ކުދިކޮށް ކޮށާފައި)
  4. 1 ޕައުންޑް ލީން ގްރައުންޑް ބީފް
  5. 1 ޕެކެޓް ޓާކޯ ސީޒަނިން
  6. 1 މޭޒުމަތީ ސަމުސާ ސްމޯކްޑް ނުވަތަ ސްވީޓް ޕެޕްރިކާ
  7. 1 މޭޒުމަތީ ސަމުސާ ދިރި
  8. 1 ޖޯޑު ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
  9. 1 ޖޯޑު ފެހި މިރުސް (ކުދިކޮށް ކޮށާފައި)
  10. 8 އައުންސް އެލްބޯ ޕާސްތާ
  11. 2 ޖޯޑު ބީފް ނުވަތަ ވެޖިޓަބަލް ބްރޮތު
  12. 1 ޖޯޑު ޝްރެޑެޑް ޗެޑާ ޗީޒް
  13. 1/4 ޖޯޑު ފްރެޝް ސިލަންޓްރޯ (ކުދިކޮށް ކޮށާފައި)
  14. 2 މޭޒުމަތީ ސަމުސާ ލުބޯ ޖޫސް
  15. 1 މޭޒުމަތީ ސަމުސާ ހޮޓް ސޯސް
  16. ލޮނު ރަހަލާ ވަރަށް
ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް ޒައިތޫނި ތެޔޮ އަޅާފައި، ތެޔޮކޮޅު ހޫނުވުމުން އޭގެތެރެއަށް ފިޔާ އާއި ބެލް ޕެޕަރ އެޅުމަށްފަހު މަޑު ވަންދެން ކައްކާލާށެވެ. ދެން އޭގެތެރެއަށް ގްރައުންޑް ބީފް އަޅުމަށް ފަހު ރަނގަޅަށް ރޯ ފިލަންދެން 3-5 މިނިޓަސް ކައްކާލާށެވެ. އެއަށްފަހު ޓާކޯ ސީޒަނިންގ، ޕެޕްރިކާ، ދިރި، ޓޮމާޓޯ އަދި ފެހި މިރުސް އަޅާފައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

ދެން ނުކައްކާ ހުރި ޕާސްތާ އަޅާފައި ސޯސްގަނޑުގައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި ބީފް ބްރޮތު އެޅުމަށްފަހު ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ގިނި ކުޑަކޮށް ގަދަ ކޮށްލުމަށްފަހު 3-5 މިނިޓް ވަންދެން ރަނގަޅަށް ކައްކާލާށެވެ.

ރަނގަޅަށް ކެކެން ފެށުމުން ގިނި މަޑުކޮށްލުމަށްފަހު ތެލީގައި މަތި ޖަހާލާފައި، އިތުރު 13 - 15 މިނިޓް ވަންދެން ޕާސްތާ ކައްކާލާށެވެ. އެކަމަކު ދޭތެރެ ދޭތެރެއިން ފާސްތާ ހަލާލަން ވާނެއެވެ.

އުނދުން ނިއްވާލުމަށް ފަހު ޗީޒް މެލްޓްވަންދެން އެއްކޮށްލާށެވެ. ދެން ސިލަންޓްރޯ، ލުނބޯ ޖޫސް އަދި ހޮޓް ސޯސް އެއްކޮށްލާށެވެ. އަދި ރަހަލާ ވަރަށް ލޮނު އަޅާށެވެ. އަދި ސާވް ކުރުމުގެ ކުރިން 3-5 މިނިޓް ވަންދެން ބަހައްޓާށެވެ.

މިހާރު މިހިރީ ވަން ޕޮޓް ޓާކޯ ޕާސްތާ ތައްޔާރުކޮށް ނިމިފައިއެވެ. މިއީ އެންމެ ތެއްޔެއް ބޭނުންކޮށްގެން ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރެސިޕީއެކެވެ.

undefined

E living
ކޮމެންޓް
E living
ފަހުގެ
HDC