logoEN
PNC TOP 3
ގާފު ރެސިޕީ: ޝުގަރ ކުކީ ބާސް

ގާފު ރެސިޕީ: ޝުގަރ ކުކީ ބާސް

ސާރާ އަހުމަދު

logo

2/18/2026, 11:05:15 AM

# ގާފު ރެސިޕީ

--

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

PNC MID 2

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީއިން ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްދެނީ ޝުގަރ ކުކީ ބާސް އެވެ.

ބޭނުންވާނެ ތަކެތި:
  1. ކުކިން ސްޕްރޭ
  2. 2 ޖޯޑު ފުށް
  3. 2 މޭޒުމަތީ ސަމުސާ ކޯންސްޓާޗް
  4. 1/2 ސައިސަމުސާ ބޭކިން ސޮޑާ
  5. 1/2 މޭޒުމަތީ ސަމުސާ ލޮނު
  6. 1 ސްޓިކް އަންސޯލްޓެޑް ބަޓަރު (ރޫމް ޓެމްޕަރޭޗާގައި)
  7. 1 ޖޯޑު ހަކުރު
  8. 1 ބިސް
  9. 1/4 ޖޯޑު ސަވަރ ކްރީމް (ރޫމް ޓެމްޕަރޭޗާގައި)
  10. 1 1/2 ސައިސަމުސާ ވެނީލާ އެސެންސް

ފްރޯސްޓިންގ އަށް:

  1. 1 ސްޓިކް އަންސޯލްޓެޑް ބަޓަރު (ރޫމް ޓެމްޕަރޭޗާގައި)
  2. 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
  3. 1/8 މޭޒުމަތީ ސަމުސާ ލޮނު
  4. 1 1/2 ޖޯޑު އައިސިންގ ޝުގަރ (ފުރާނާފައި)
  5. 2 މޭޒުމަތީ ސަމުސާ ކިރު
  6. 1-2 ތިކި ކާކުލަ
  7. ސްޕްރިންކްލްސް
ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ އަވަން 325 ޑިގްރީ ފެރެންހައިޓްގައި ޕްރީހީޓް ކޮށްލާށެވެ.

އެއަށްފަހު ތައްޓެއްގައި ފުށް، ކޯންސްޓާޗް، ބޭކިން ސޮޑާ އަދި ލޮނު އެއްކޮށްލާށެވެ.

އިތުރު ތައެްޓެއްގައި ބަޓަރާއި ހަކުރު އެއްކޮށްލާށެވެ. މިކަމަށް ހޭންޑް މިކްސަރެއް ނުވަތަ ސްޓޭންްޑް މިކްސަރެއްވެއްސް ބޭނުންކުރެވިދާނެއެވެ. 3 މިނިޓް ވަންދެން ރަނގަޅަށް އެއްކޮށްލުމަށްފަހު ބިސް އެއްކޮށްލުމަށްފަހު އިތުރު 1 މިނިޓް ވަންދެން މަޑު ސްޕީޑެއްގައި އެެއްކޮށްލާށެވެ.

ދެން އޭގެ ތެރެއަށް ސަވަރ ކްރީމް އަދި ވެނީލާ އެސެންސް އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު ކުރިން ތައްޔާރުކުރި ފުށް މިކްސްޗަރ އަޅާފައި މަޑު ސްޕީޑެއްގައި އެއްކޮށްލާށެވެ.

ދެން ޓްރޭއަށް ތައްޔާރު ކުރި ކުކީ ޑޯ އެއްވަރެއްގެ ލޭޔަރަކަށް ފަތުރާލާށެވެ. އަދި 22 ނުވަތަ 25 މިނިޓް ވަންދެން ފިހެލާށެވެ.ފްރޮސްޓިން ހަދުމަށް:

ބަޓަރާއި ވެނީލާ އަދި ލޮނު އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން އައިސިންގ ޝުގަރ އަދި ކިރު އަޅާށެވެ. މީޑިއަމް ސްޕީޑްގައި 1 މިނިޓް ވަންދެން އެއްކޮށްލާށެވެ. އަދި ފްރޮސްޓިންގެ ތެރެއަށް 2-3 ތިކި ކުލަ އަޅާފައި އެއްކޮށްލާށެވެ.

ފިހުނު ބާރސްތައް ހިހޫވުމުން ފޮރޮސްޓިންގ އެއްވަރެއްގެ ލޭޔަރަކަށް ހާކާލާށެވެ. އަދި މައްޗަށް ސްޕްރިންކްލްސް ބުރުވާލާށެވެ.

މިހާރު މިހިރީ ޝުގަރ ކުކީ ބާސް ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ރޯދަމަހުގެ ފުރަތަމަ ދުވަހު ފޮނި އެއްޗަކަށް ތައްޔާރުކޮށްލަން ވަރަށް މީރުވާނެ ރެސިޕީއެކެވެ.

undefined

E living
ކޮމެންޓް
E living
ފަހުގެ
HDC