logoEN
PNC TOP 3
އެސްޓީއޯގެ ޕީޕަލްސް ޗޮއިސްގެ އައު އައުޓްލެޓް ހުޅުމާލޭގައި ހުޅުވައިފި

އެސްޓީއޯގެ ޕީޕަލްސް ޗޮއިސްގެ އައު އައުޓްލެޓް ހުޅުމާލޭގައި ހުޅުވައިފި

އަހުމަދު ޝުރާއު

logo

2/18/2026, 8:35:01 AM

# އެސްޓީއޯ

-

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭ އައުޓްލެޓް ރަސްމީކޮށް ހުޅުވައިފިއެވެ.

PNC MID 2

މި އައުޓްލެޓް ހުޅުވާފައިވަނީ ރޭ ހުޅުމާލޭ ޕީޕަލްސް ޗޮއިސް އައުޓްލެޓްގައި ބޭއްވި ހާއްސަ ހަފްލާއަކުންނެވެ. އެގޮތުން ރޭގެ ޚާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް، ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސަޢީދެވެ.

ހުޅުމާލޭގައި އާބާދީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، އެސްޓިއޯގެ ޕްރެޒެންސެއް ހުޅުމާލޭގައި ނެތުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ. އެހެންކަމުން، ހުޅުވިގެން ދިޔަ މި އައުޓްލެޓާއި އެކު ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް އެސްޓީއޯ އިން ވިއްކާ މުދާތައް ފަސޭހަ ކަމާއިއެކު ލިބިގެންދާނެކަމަށް އެކުންފުނީން ހާމަކުރެއެވެ.

އެސްޓީއޯއިން އިތުރަށް ބުނީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު، ހަނޑޫ ހަކުރު އަދި ފުށުގެ އިތުރުން އަސާސި ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވިގެން ދިޔަ 23 ބާވަތް މި އައުޓްލެޓުން ލިބެން ހުންނާނެ ކަމަށާއި މީގެ އިތުރުން އެސްޓީއޯއިން އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ އުފެއްދުންތައް، މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އެއްގޮތަށް ހުޅުމާލޭ އައުޓްލެޓުން އާއްމުންނަށް ލިބިގެންދާނެ ކަމަށެވެ.

މި ތަކެތީގެ އިތުރުން އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުތައް ވެސް މި އައުޓްލެޓުން ލިބެން ހުންނާނެއެވެ.

މި އައުޓްލެޓުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ހުރިހާ އައިޓަމްތަކެއް ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށާއި އަދި ކުރިއަށް އޮތްތާނގައި ހުޅުމާލޭގައި އުޅުއްވާ ވިޔަފާރި ވެރިންނަށް ހޯލްސޭލްކޮށް މިތަކެތި ދޫކުރުމުގެ އިންތިޒާމުވެސް ހަމަ ޖެހިގެންދާނެކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

މި އައުޓްލެޓަކީ ރަމަޟާން މަހާއި ގުޅިގެން ހުޅުވުނު އައުޓްލެޓެއް ކަމުގައި ވިޔަސް ކުރިއަށް އޮތް ތާނގައިވެސް މި އައުޓްލެޓްގެ ޚިދުމަތް އާމުންނަށް ލިބިގެންދާނެއެވެ. މި ފިހާރަ ހުންނާނީ ހުޅުމާލޭ ރީތިގަސް މަގު (ރެއިން ކޮރަލް ރެޒިޑެންސް) ގައެވެ.

ހުޅުވާފައި ހުންނަ ގަޑިތައް

ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު: 22:00 – 08:30

ހުކުރު ދުވަހު: ހަވީރު 22:00 – 16:00

E living
ކޮމެންޓް
E living
ފަހުގެ
HDC