logoEN
PNC TOP 3
ގޯޑަންގެ ހަތަރު ލަނޑާއެކު ކަރަބާގް އަތުން ނިއުކާސަލްއަށް ތަފާތުބޮޑު މޮޅެއް

ގޯޑަންގެ ހަތަރު ލަނޑާއެކު ކަރަބާގް އަތުން ނިއުކާސަލްއަށް ތަފާތުބޮޑު މޮޅެއް

ހަސަން ޝަމްއޫން

logo

2/18/2026, 10:00:00 PM

# ނިއުކާސަލް ޔުނައިޓެޑް # ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގު# ކަރަބާގް

ކަރަބާގް އާއި ނިއުކާސަލް ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން ގޯޑަން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ..

ޔުއެފާ ޗެމްޕިއަންސް ލީގު ޕްލޭއޮފް ފުރަތަމަ ލެގުގައި މިރޭ ރަށުން ބޭރުގައި އަޒަރްބައިޖާންގެ ކަރަބާގް 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށް އިނގިރޭސިވިލާތުގެ ނިއުކާސަލް ޔުނައިޓެޑުން މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

PNC MID 2

މުބާރާތުގެ ޕްލޭއޮފްގެ ޖާގައެއް ނިއުކާސަލް ޔުނައިޓެޑުން ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 14 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ 12 ވަނަ ޓީމުގެ ގޮތުގައެވެ. އަދި ކަރަބާގް ޕްލޭއޮފްގެ ޖާގައެއް ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ 22 ވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލް ޔުނައިޓެޑްގެ ފަރާތުން ވަރުގަދަ އެޓޭކިންގ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމުން ވަނީ ކަރަބާގް ގޯލަށް 16 ހަމަލާއެއް ފޮނުވާލަފައެވެ. އަދި އޭގެ ތެރެއިން 11 ހަމަލާއެއް ގޯލާއި އަމާޒުވެފައިވާއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން ނިއުކާސަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ކަރަބާގް އިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި ނިއުކާސަލްގެ އެންތަނީ ގޯޑަން ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ޑިފެންޑަރު މެލިކް ތައިއޯ އަދި ފޯވާޑް ޖަކޯބް މާފީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ކަރަބާގްގެ ހަމައެކަނި ލަނޑު ޑިފެންޑަރު އެލްވިން ކަފަރްކުލިޔޭވް ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުކާސަލް ޔުނައިޓެޑްގެ އެންތަނީ ގޯޑަން އެވެ.

މިދެޓީމުގެ މެދުގައި ކުޅޭ ޕްލޭއޮފް ދެވަނަ ލެގު މެޗު ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 1:00 ގައެވެ....

ކޮމެންޓް
ފަހުގެ
HDC