
އަމިއްލަ ދަނޑުގައި އެޓްލާންޓާ ބަލިކޮށް ޑޯޓްމަންޑުން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި
# ބޮރޫޝިއާ ޑޯޓްމަންޑް # ބޭރު ދުނިޔޭގެ ކުޅިވަރު# އެޓަލާންޓާ # ޔުއެފާ ޗެމްޕިއަންސްލީގުބޮރޫޝިއާ ޑޮޓްމަންޑާއި އެޓަލާންޓާ ވާދަކުރި މެޗުގެ ތެރެއިން..
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އިޓަލީގެ އެޓަލާންޓާ ބަލިކޮށް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އިން މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މުބާރާތުގެ ޕްލޭއޮފްގެ ޖާގައެއް ބޮރޫޝިއާ ޑޯޓްމަންޑުން ޖާގަ ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 11 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ 17 ވަނަ ޓީމުގެ ގޮތުގައެވެ. އަދި އެޓްލާންޓާ އިން ޕްލޭއޮފްގެ ޖާގައެއް ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 13 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ 15 ވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޑޯޓްމަންޑުން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން ވަނީ މެޗު ފެށިގެން ތިންވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ސެރްހޫ ގުރާސީ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެކްސިމިލިއަން ބައެއަރ އެވެ.
މެޗުގެ ދެވަނަ ހާފުގައި އެޓްލާންޓާ އިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު މިހާފުގަިއ އެޓީމު ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ޑޯޓްމަންޑް ކުރީގައި އޮވެގެެންނެވެ.
މިދެޓީމުގެ މެދުގައި ކުޅޭ ޕްލޭއޮފް ދެވަނަ ލެގު މެޗު އެޓަލާންޓާގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 1:00 ގައެވެ.
.gif&w=3840&q=75)






