logoEN
PNC TOP 3
ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތަކުގެ ގަޑިތައް ކަނޑައަޅައިފި

ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތަކުގެ ގަޑިތައް ކަނޑައަޅައިފި

# ފެރީ ހިދުމަތް# ބަސް ދަތުރު# އެމްޓީސީސީ

އެމްޓީސީސީ ބަސް- ފޮޓޯ:ޕީއެސްއެމް

ރޯދަ މަހު ފެރީ ދަތުރުތަކާއި ބަސް ދަތުރުތައް ކުރާ ގަޑިތަކަށް ބަދަލު ގެނެސް، ގަޑިތައް ކަނޑައަޅައިފި އެވެ.

PNC MID 2

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ފެރީގެ ހިދުމަތްތުގެ ގޮތުގައި 24 ގަޑިއިރު ހިދުމަތްދޭ މާލެ- ވިލިމާލެ ފެރީގެ ހިދުމަތް ހަވީރު 5:50 އިން 7:00 އާ ހަމައަށް މެދު ކަނޑައިލާނެ ކަމަށެވެ.

ހަމައެއާއެކު މާލެ- ތިލަފުށީ ފެރީ ހަވީރު 5:00 އިން 7:00 އަށް އަދި މާލެ- ގުޅީފަޅު ފެރީ ރޫޓް 4:15 އިން 5:00 އާ ހަމައަށް މެދު ކަނޑައިލަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ހުޅުމާލެ- މާލެ ފެރީގެ ހިދުމަތް 3:00 ގެ ފަހުން މެދު ކަނޑައިލަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އާރްޓީއެލް ބަހުގެ ދަތުރުތައް ކުރާ ގަޑިތަކަށްވެސް އެމްޓީސީސީން ވަނީ ބަދަލު ގެނެސްފަ އެވެ.

އެގޮތުން މާލެ-ހުޅުމާލެ، ހުޅުމާލެ- އެއާޕޯޓު، މާލެ- އެއާޕޯޓު ބަހުގެ ހިދުމަތް ހަވީރު 5:00 އިން 7:00އާ ހަމަށް މެދުކަނޑައިލާނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ.އެމްޓީސީސީން ބުނީ ހުޅުމާލެ އިންޓާނަލް ބަހުގެ ހިދުމަތް ހަވީރު 5:15 އިން 7:15 އަށް މެދުކަނޑައިލެވޭނެ ކަމަށެވެ. އަދި މާލެ އިންޓާނަލް ބަހާއި، ވިލިމާލެ ބަހުގެ ހިދުމަތް އިރުއޮއްސި 6:00 އިން ރޭގަނޑު 9:00 އަށް މެދުކަނޑައިލެވޭނެކަމަށް އެމްޓީސީސީން ބުންޏެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC