logoEN
PNC TOP 3
ފަހަތުން އަރައި ޕީއެސްޖީ އިން މޮނާކޯ ބަލިކޮށްފި

ފަހަތުން އަރައި ޕީއެސްޖީ އިން މޮނާކޯ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

2/17/2026, 3:18:20 PM

# ޔުއެފާ ޗެމްޕިއަންސްލީގު# ޕީއެސްޖީ# ބޭރު ދުނިޔޭގެ ކުޅިވަރު# މޮނާކޯ

ޕީއެސްޖީ އާއި މޮނާކޯ ވިލާ ވާދަކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ މޮނާކޯގެ ދަނޑުގައި އެޓީމުން ދެލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

PNC MID 2

މުބާރާތުގެ ޕްލޭއޮފްގެ ޖާގައެއް ޕީއެސްޖީ އިން ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 14 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ 11 ވަނަ ޓީމުގެ ގޮތުގައެވެ. އަދި މޮނާކޯ އިން ޕްލޭއޮފްގެ ޖާގައެއް ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ 21 ވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ މިނެޓުގައި މޮނާކޯ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ފޮލަރިން ބަލޯގަން އެވެ. އަދި މެޗުގެ 18 ވަނަ މިނެޓުގައި ބަލޯގަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ހަތަރު މިނެޓު ފަހުން ނަތީޖާގެ ފަރަގު ކުޑަކުރުމަށް ޕީއެސްޖީއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ވިޓީނިއާ ކުރިއަށް ފޮނުވާލި ޕެނަލްޓީ މޮނާކޯގެ ކީޕަރު ފިލިޕް ވަނީ ދިފާއުކޮށްފައެވެ.

ޕީއެސްޖީ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ފޯވާޑް ޑިޒެއާ ޑޫއޭ ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ޑިފެންޑަރު އަޗްރަފް ހަކީމީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިފެން ފުރަތަމަ މިނެޓުގައި މޮނާކޯގެ މިޑްފީލްޑަރު އެލެކްސެންޑަރ ގޮލޮވިންއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. އަދި މިމެޗުން ޕީއެސްޖީ މޮޅުވި ލަނޑު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޑޫއޭ އެވެ.

މިދެޓީމުގެ މެދުގައި ކުޅޭ ޕްލޭއޮފް ދެވަނަ ލެގު މެޗު ޕީއެސްޖީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 1:00 ގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC