logoEN
PNC TOP 3
ނޫނު އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށްދާ ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ނޫނު އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށްދާ ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

# ފެނަކަ ކޯޕަރޭޝަން

-

މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫގައި، ކަރަންޓު ނެޓްވޯކު އަޕްގްރޭޑް ކުރުމަށް ކުރިއަށްދާ މަޝްރޫޢުގެ ބޮޑުބައެއް ނިންމާލައިފިއެވެ.

PNC MID 2

ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދިން ގޮތުގައި، ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ހިންގޭ މި މަޝްރޫޢުގެ ދަށުން ޖުމްލަ 6 ސަބްސްޓޭޝަނެއް އަލަށް ޤާއިމްކުރަން ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން ފުރަތަމަ ސަބްސްޓޭޝަންގެ މަަސައްކަތް އެއްކޮށް ނިމި މިހާރުވަނީ ކަރަންޓް ގުޅައި ޚިދުމަތަށް ބޭނުން ކުރަން ފަށާފައެވެ. އަދި އިތުރު 4 ސަބްސްޓޭޝަންގެ ކޮންކްރީޓް މަސައްކަތްވަނީ އެއްކޮށް ނިންމާލެވިފައެވެ. އެގޮތުން މި ސަބްސްޓޭޝަންތައް ރާނާ، ހިޔާކޮށް، ޓްރާންސްފޯމަރ ބަހައްޓާ، ޕެނަލްތައްވެސް ވަނީ ހަރުކުރެވިފައެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ އެ ޓްރާންސްފޯމަރުތަކުން ޑީބީތަކަށް ކަރަންޓް ގުޅާލުމުގެ މަސައްކަތެވެ.

ވަލިދޫގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމުގެގޮތުން ރަށުގެ ބޮޑު ސަރަޙައްދެއްގައިވަނީ މުޅިން އައު ކޭބަލްތައް ވަޅުލައި ޑިސްޓްރިބިއުޝަން ފޮށިތަކާ ގުޅާލެވިފައެވެ. ރަށުގައި މިހާރު ބޭނުން ކުރަމުންދާ ކޭބަލް، 70smm - 95sqmm ކޭބަލަށް އަޕްގްރޭޑްކޮށްފައިވާއިރު، މި މަސައްކަތް ނިމުމުން ކަރަންޓު ވޯލްޓޭޖް ދަށްވުމުގެ މައްސަލައަށް ޙައްލެއް ލިބި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ މައުލޫމާތުދީފައެވެ. އަދި މި މަސައްކަތުގެ ދަށުން ޤާއިމްކުރެވޭ އިތުރު 2 ސަބްސްޓޭޝަންގެ މަަސައްކަތް ނިމުމާއެކު ރަށުގައި އަލަށް އާބާދުވާ ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދެވިގެން ދާނެކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިލަދުންމަޑުލު ދެކުނުބުރީ މާފަރުގައިވެސް ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމުގެ ގޮތުން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ފެނަކަ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ އެރަށުގެ 3 ސަރަޙައްދެއްގައި އަލަށް ބެހެއްޓޭ 3 ޓްރާންސްފޯމަރު އެޅުމަށް ހަޓްތައް ޤާއިމްކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން، ޓްރާންފޯމަރު ބަހައްޓާ ބުޑުތައް އަޅައިނިމި މިހާރު ކުރިއަށް ދަނީ ތަނބުތައް ބެހެއްޓުމުގެ މަަސައްކަތެވެ. އަދި މި ޓްރާންސްފޯމަރުތަކުން ކަރަންޓު ފޯރުކޮށްދިނުމަށް މުޅިން އައު ކޭބަލް އެޅުމުގެ މަސައްކަތްވެސް ނިންމާލެވިފައިވާ ކަމަށް ފެނަކަ އިން މައުލޫމާތު ދެއެވެ.

ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފައިވާގޮތުގައި، އަލަށް އަޅާފައިވާ ކޭބަލްތަކަކީ، މިހާރު ރަށުގައި ބޭނުންކުރާ ސައިޒަށްވުރެ ބޮޑެތި ކޭބަލްއެވެ. މި ޓްރާންސްފޯމަރުތައް ބެހެއްޓި ކަރަންޓު ދޭން ފެށުމުން ރަށުގެ ކަރަންޓުގެ ޙާލަތު ވަރަށް ބޮޑަށް ރަނގަޅުވެ، އަލަށް އާބާދުވާ ސަރަޙައްދަށްވެސް ކަރަންޓުގެ ޚިދުމަތް ރަނގަޅު ފެންވަރުގައި ފޯރުކޮށްދެއްވިގެން ދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC