logoEN
PNC TOP 3
އިންތިހާބަކާ ނުލައި ޕީއެންސީއަށް 69 ގޮނޑިކަށަވަރުވެއްޖެ

އިންތިހާބަކާ ނުލައި ޕީއެންސީއަށް 69 ގޮނޑިކަށަވަރުވެއްޖެ

# ލޯކަލް ކައުންސިލް އިންތިޚާބު 2026# އިލެކްޝަންސް ކޮޮމިޝަން

-

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓުލުމަކާ ނުލައި ޕީއެންސީއަށް 69 ގޮނޑި ކަށަވަރުވެއްޖެ އެވެ.

PNC MID 2

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އިންތިހާބަކާ ނުލައި ގޮނޑި ކަށަވަރުވި މެމްބަރުންގެ ނަންތައް އާއްމުކޮށްފައެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓަކާ ނުލައި ޕީއެންސީއަށް ވަނީ 28 ގޮނޑި ކަށަވަރުވެފައެވެ. އަދި އިދިކޮޅު އެމްޑީޕީއަށް 1 ގޮނޑި ކަށަވަރުވި އިރު އަދާލަތު ޕާޓީއަށްވެސް ވަނީ 1 ގޮނޑި ކަށަވަރުވެފައެވެ.

ޕީއެންސީން ވޯޓަކާ ނުލާ ކާމިޔާބުކުރި ގޮނޑިތަކާ އެކު ޕީއެންސީން މެޖޯރިޓީ ކަށަވަރުކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. އުތީމު، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. ދިއްދޫ، ވ. ފެލިދޫ، ތ. ވިލުފުށި އަދި ލ. މުންޑޫ އެވެ. އެގޮތުން ލ. މުންޑޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީ އިން ވަނީ ކަށަވަރުކޮށްފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށްވެސް ވޯޓަކާ ނުލައި ކެނޑިޑޭޓުން ވަނީ އިންތިހާބުވެފައެވެ. އެގޮތުން އަންހެނުންގެ ކޮމެޓީއަށް ވޯޓުލުމަކާ ނުލައި ޕީއެންސީއަށް ވަނީ 41 ގޮނޑި ކަށަވަރުވެފައެވެ. އިދިކޮޅު އެމްޑީޕީއަށް ކަށަވަރުވެފައިވަނީ އަންހެނުންގެ ކޮމެޓީގެ 5 ގޮނޑި އެވެ.

ކައުންސިލްގެ ގޮނޑި ކަށަވަރު ކުރި ޕީއެންސީ މެންބަރުން:

  • ހއ. ތުރާކުނު ކައުންސިލްގެ މެންބަރު: އިސްމާޢީލް ޝާފިއު
  • ހއ. އުތީމު ކައުންސިލްގެ ރައީސް: އަބްދުﷲ ރަޝީދު
  • ހއ. އުތީމު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: އަޒީމާ އަބްދުއްސަމަދު
  • ހއ. ބާރަށް ކައުންސިލްގެ ރައީސް: އަލީ ޝަމީމް
  • ރ. ފައިނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: އާމިނަތު ސިޒްނާ
  • ރ. ކިނޮޅަސް ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: މައުރޫފާ މޫސާ
  • ބ. ދޮންފަން ކައުންސިލްގެ މެންބަރު: އަބްދުﷲ އަހްސަން
  • ބ. އޭދަފުށި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: ނާޒްނީނާ ޔޫސުފް
  • ބ. އޭދަފުށި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: ޒީމާ އިބްރާހީމް
  • ކ. ގުޅި ކައުންސިލްގެ މެންބަރު: އަލީ ރަޝީދު
  • އއ. ހިމަންދޫ ކައުންސިލްގެ ރައީސް: މުހައްމަދު އަކްރަމް އަހްމަދު
  • އއ. ހިމަންދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: އާމިނަތު ސަރާ މުހައްމަދު އަޒީޒް
  • އދ. ކުނބުރުދޫ ކައުންސިލްގެ ރައީސް: މުހައްމަދު އަޒުމީ
  • އދ. ކުނބުރުދޫ ކައުންސިލްގެ މެންބަރު: އިބްރާހީމް ނަހްޝަލް
  • އދ. މަންދޫ ކައުންސިލްގެ ރައީސް: މުހައްމަދު ސައީދު
  • އދ. ދިއްދޫ ކައުންސިލްގެ ރައީސް: އަނީސް މުހައްމަދު
  • އދ. ދިއްދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: އުއްމުހާނީ ހުސައިން
  • ވ. ފުލިދޫ ކައުންސިލްގެ މެންބަރު: ހުސައިން ޝަބީން
  • ވ. ފެލިދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: އާމިނަތު ސުނީޒާ
  • ވ. ފެލިދޫ ކައުންސިލްގެ މެންބަރު: މޫސާ ޔާމީން
  • މ. ރަތްމަންދޫ ކައުންސިލްގެ މެންބަރު: ހުސައިން ހަލީލު
  • ތ. ވިލުފުށި ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި: އާމިނަތު މަލްދާ
  • ތ. ވިލުފުށި ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި: ހައްވާ ޝުރުފާ
  • ތ. ވިލުފުށި ކައުންސިލްގެ މެންބަރު: އަބްދުﷲ ސިރްހާން
  • ތ. ވިލުފުށި ކައުންސިލްގެ މެންބަރު: އަބްދުﷲ ޝަހާއު
  • ލ. މުންޑޫ ކައުންސިލްގެ ރައީސް: އާދަމް ނާސިފު
  • ލ. މުންޑޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: ފާތިމަތު ސާޖިދާ
  • ލ. މުންޑޫ ކައުންސިލްގެ މެންބަރު: އަލީ ޝަފީއު

ކައުންސިލްގެ ގޮނޑި ކަށަވަރު ކުރި އެމްޑީޕީ މެންބަރު

  • އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް: ޝުޖާއު އާދަމް

ކައުންސިލްގެ ގޮނޑި ކަށަވަރު ކުރި އަދާލަތު ޕާޓީގެ މެންބަރު

  • ރ. ކިނޮޅަސް ކައުންސިލްގެ މެންބަރު: ހަސަން ޝުއައިބު

ކައުންސިލްގެ ގޮނޑި ކަށަވަރު ކުރި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން

  • ށ. މަރޮށި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: ނުހާ އަލީ ޒާހިރު
  • އދ. ހަންޏާމީދޫ ކައުންސިލްގެ މެންބަރު: މުހައްމަދު ޔާސިރު
  • ލ. ކަލައިދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: އާމިނަތު ނަދީފާ

މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިންތިހާބުކުރަން ޖެހޭ އަދަދަށް އެކަނި ކުރިމަތިލައިގެން ކަށަވަރުވި ގޮނޑިތަކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC