logoEN
PNC TOP 3
ރޮނާލްޑޯގެ 962 ވަނަ ލަނޑާއެކު އަލް ނަސްރު ދެވަނައަށް

ރޮނާލްޑޯގެ 962 ވަނަ ލަނޑާއެކު އަލް ނަސްރު ދެވަނައަށް

ހަސަން ޝަމްއޫން

logo

2/14/2026, 8:57:14 PM

# އަލް ފަތޭހް # ސައުދީ ޕްރޮފެޝަނަލް ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# އަލް ނަސްރު

އަލް ނަސްރާއި އަލް ފަތޭހް ވާދަކުރި މެޗުގެ ތެރެއިން..

ސައުދީ ޕްރޯ ލީގުގައި މިރޭ ރަށުން ބޭރުގައި އަލް ފަތޭހް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ނަސްރުން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

PNC MID 2

ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި އަލް އިއްތިހާދު އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި އަލް ފަތޭހް އެންމެ ފަހުން ކުޅުނު މެޗުގައި އަލް ގަދިސިއާ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ނަސްރު އިންނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އަލް ނަސްރުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އަލް ނަސްރު އެންމެ ފަހުން ކުޅުނު ތިން މެޗުގައި ޓީމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 962 ވަނަ ލަނޑެވެ.

އަލް ނަސްރުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އައިމަން ޔަހުޔާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 21 މެޗުން އަލް ނަސްރަށް 52 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް ފަތޭހް އިން ލީގުގައި ކުޅުނު 21 މެޗުން ހޯދި 24 ޕޮއިންޓާއެކު ލަނޑުގެ ތަފާތު އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC