logoEN
Sto top
މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ނެރުއްވީ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް: ރައީސް

މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ނެރުއްވީ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް: ރައީސް

# ޕީއެންސީ# ރައީސް މުއިއްޒު

ޕީއެންސީއިން ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ- ފޮޓޯ:ޕީއެންސީ

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލް މޭޔަރުކަމަށް ނެރުއްވީ ބާރު ސްޕީޑްގައި މަޝްރޫއުތައް ކުރިއަށްގެންދިއުމަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Wamco

ޕީއެންސީ ޖަގަހައިގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ނިކުންނެވުމަށް އެމަނިކުފާނު އެދިވަޑައިގަތީ ސަރުކާރުން މާލޭގައި ރައްޔިތުންނަށްޓަކައި ފަށާފައިވާ މަސައްކަތްތަކާއި އެމަނިކުފާނު ވެވަޑައިގެންފައިވާ އެންމެހާ ވައުދުތައް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްގެންދިއުމަށް އެއްބާރުލުންދީ، އަމާނަތްތެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދޭނެ މޭޔަރަކު ބޭނުންފުޅު ވާތީ ކަމަށެވެ.

ރައީސް ވިދާޅުވީ މޫސާ އަލީ ޖަލީލް އަށް މި ފުރުސަތުދެއްވަން ނިންމެވީ ގައުމީވަންތަ އިހްލާސްތެރި ބޭފުޅަކަށް މި ފުރުސަތު ދެއްވަން ނިންމެވުމުންނެވެ. އަދި އެ ފުރުސަތު ރައީސްގެ އެދިވަޑައިގަތުމުން ގަބޫލުފުޅުކުރެއްވީތީ ރައީސްވަނީ މޫސާ އަލީ ޖަލީލަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެއިތުރުން ރައީސް ވަނީ ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް މާލޭގެ ގޭގެއަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސްގެ މޭޔަރުކަމުގެ މާޒީއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ރައްޔިތުންނާ ގާތް ގުޅުމެއް ދެމެހެއްޓެވީތީ، ރައްޔިތުން ހާލަތު ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެފަ އެވެ.

މި ޖަލްސާގައި ރައީސްވަނީ މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ މި ހުރިހާ މަޝްރޫއުތަކަށްވެސް އަމާނަތްތެރި އިހްލާސްތެރި މޭޔަރަކާއި ކައުންސިލް ޓީމެއް ބޭނުންވާކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ފަރާތްތަކަކީވެސް ސަރުކާރަށް އެއްބާރުލުންދޭނެ ބަޔަކަށް ވާންޖެހޭނެ ކަމަށް ރައީސް ފާހަގަކުރައްވާފަ އެވެ. އެގޮތުން މިދިޔަ 5 އަހަރު ތެރޭގައި ނުލިބުނު އެއްބާރުލުން މިފަހަރު ހޯދުމުގެ ނިޔަތުގައި އެ ކޮމިޓީގެ ރައީސާއަކީ ފުލްޓައިމް ބޭފުޅަކަށް ހަދައި، ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ ބަޔަކަށް ހެދުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މާލޭގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށްގެންދިއުމަށް ރައްޔިތުން އެއްބާރުލުންދެއްވުމަށް އެދިވަޑައިގެންފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC