
ރަށުން ބޭރުގައި ބްރެންޓްފޯޑާއި އެއްވަރުވެ އާސެނަލްއަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެ
# ބޭރު ދުނިޔޭގެ ކުޅިވަރު# ބްރެންޓްފޯޑް # އިނގިރޭސި ޕްރިމިއާ ލީގު# އާސެނަލްއާސެނަލް އާއި ބްރެންޓްފޯޑް ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ބްރެންޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ އާސެނަލްއަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެއެވެ.

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ސަންޑަލޭންޑް އަތުން މޮޅުވެފައިވާއިރު. ލީގުގައި ބްރެންޓްފޯޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ މާކަރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއްނުވެއެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ދެޓީމުން ވެސް ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
އެގޮތުން މިހާފުގައި ދެޓީމުން ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އާސެނަލް އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ނޯނީ މަޑުއެކޭ އެވެ.
ނަމަވެސް އޭގެ 10 މިނެޓް ފަހުން ބްރެންޓްފޯޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރ ކީން ލުއިސް ޕޮޓާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 26 މެޗުން އާސެނަލްްއަށް 57 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު ލީގުތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 26 މެޗުން ބްރެންޓްފޯޑަށް 40 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.
ގުޅުންހުރި

ރަށުން ބޭރުގައި ބްރެންޓްފޯޑާއި އެއްވަރުވެ އާސެނަލްއަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެ

ކޮޕާ ޑެލަރޭ: އަމިއްލަ ދަނޑުގައި ބާސެލޯނާ އަތުން އެތްލެޓިކޯ މެޑްރިޑަށް ތަފާތުބޮޑު މޮޅެއް

40 އަހަރަށްފަހު ފުރަތަމަ ފަހަރަށް ކޯމޯ ކޮޕާ އިޓާލިއާ ސެމީއަށް





