
ރޯދައަށް ތައްޔާރުވުމަށް، އެޗްޑީސީއާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން މިރޭ ހުޅުމާލޭގައި ހާއްސަ ދަރުހެއް ދެނީ
# އެޗްޑީސީ-
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީއާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން، އާންމުންނަށް ހުޅުވާލައިގެން ވަރަށް ހާއްސަ ދަރުހެއް މިރޭ ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

"ﷲ ގެ ނިޔާއަށް ރުހުން" މި މައުޟޫއަށް ހާއްސަކޮށްގެން މިރޭ ދަރުސް ދެއްވާނީ އައްޝައިހް މުހައްމަދު އިބްރާހީމް (ނައިފަރު)އެވެ. ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައި ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދުގައެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މި ދަރުހަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެވުމަކީ އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީގެވެސް ވަރަށް ބޮޑު އެދުމެކެވެ.
މިއީ، ހުޅުމާލޭގައި ދީނީ ދަރުސްތައް ދިނުމާއެކު ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގ (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ ދަރުހެކެވެ.
އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދަނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި، މުޅިން ހިލެ އެވެ. އެ ގުރުއާން ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ހަފްތާގައި ހުޅުވާލުމުން 100 އަށްވުރެ ގިނަ ކުޑަކުދިން ވަނީ އެ ކްލާސްތަކުގައި ބައިވެރިވެފައެވެ.
އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އަލް އަސްރާއެކު ވެނުނު މި އެއްބަސްވުމަކީ، ދީނަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެކެވެ. އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އެޗްޑީސީގެ އަމާޒެކެވެ.
ގުޅުންހުރި

ރޯދައަށް ތައްޔާރުވުމަށް، އެޗްޑީސީއާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން މިރޭ ހުޅުމާލޭގައި ހާއްސަ ދަރުހެއް ދެނީ

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ގުރުއާން ކުލާސްތަކަށް ބޮޑު ތަރުހީބެއް!

ހުޅުމާލޭގައި ހިލޭ ކުރިއަށް ގެންދަން ރޭވި ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް!





