logoEN
Sto top
40 އަހަރަށްފަހު ފުރަތަމަ ފަހަރަށް ކޯމޯ ކޮޕާ އިޓާލިއާ ސެމީއަށް

40 އަހަރަށްފަހު ފުރަތަމަ ފަހަރަށް ކޯމޯ ކޮޕާ އިޓާލިއާ ސެމީއަށް

ހަސަން ޝަމްއޫން

logo

2/11/2026, 5:44:29 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ކޯމޯ# ކޮޕާ އިޓާލިއާ # ނަޕޯލީ

ކޯމޯގެ ކުޅުންތެރިން މެޗަށްފަހު އުފާފާޅުކުރަނީ..

ކޮޕާ އިޓާލިއާ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ރޭ ގަދަފަދަ ނަޕޯލީ ކަޓުވާލުމަށްފަހު 40 އަހަރަށްފަހު ފުރަތަމަ ފަހަރަށް ކޯމޯ އިން މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދައިފިއެވެ.

Wamco

ސެސް ފަބްރިގާސްއާއެކު މިސީޒަނުގައި އިޓާލިއަން ސެރިއޭގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކޯމޯ ކޮޕާ އިޓާލިއާ ކުއާޓާ ފައިނަލުން ޖާގަހޯދީ މުބާރާތުގެ ދެވަނަ ބުރުގައި އިޓަލީގެ ގަދަ ބާރެއްކަމަށްވާ ފިއޮރެންޓީނާ 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ. އަދި އެޓީމު މިމުބާރާތުގެ ސެމީފައިނަލުގައި އެންމެ ފަހުން ކުޅެފައިވަނީ 1985 ވަނަ އަހަރު އެވެ.

ނަޕޯލީގެ ޑިއޭގޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ކޯމޯ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މާޓިން ބަޓްރިނާ އެވެ.

ނަޕޯލީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެންޓޯނިއޯ ވަރްގަރާ އެވެ. މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެން ނިމުނުއިރު، ކޯމޯ އިން ސެމީފައިނަލް ޔަގީންކުރީ ނަތީޖާނެރުމަށް ޖެހި ޕެނަލްޓީގައި 7-6 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މުބާރާތުގެ ސެމީފައިނަލުގައި ކޯމޯ އިން ނުކުންނާނީ އިންޓަ މިލާނާއި ދެކޮޅަށެވެ. ސެމިގެ ފުރަތަމަ ލެގުގެ މެޗުގައި އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ކޯމޯގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ލެގުގެ މެޗު އިންޓަ މިލާންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC