logoEN
Sto top
ސީރިއާއަށް ދިޔުން ހުއްދަކުރި ނަމަވެސް އެގައުމަށް ހަނގުރާމައަށް ގޮސް ތިބި މީހުންނާއި މެދު ފިޔަވަޅު އަޅާނެ - ހޯމްލޭންޑް މިނިސްޓްރީ

ސީރިއާއަށް ދިޔުން ހުއްދަކުރި ނަމަވެސް އެގައުމަށް ހަނގުރާމައަށް ގޮސް ތިބި މީހުންނާއި މެދު ފިޔަވަޅު އަޅާނެ - ހޯމްލޭންޑް މިނިސްޓްރީ

އަހުމަދު ޝުރާއު

logo

2/9/2026, 8:26:53 AM

# ސީރިއާ

ދިވެހި ފުލުހުން - ފޮޓޯ : ސަން

ދިވެހީންނަށް ސީރިއާއަށް ދިޔުން ހުއްދަކުރި ނަމަވެސް ކުރިން އެގައުމަށް ހަނގުރާމައަށް ގޮސް ތިބި މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ހާމަކޮށްފި އެވެ.

Wamco

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓް ކޮންމެ އަހަރަކު އެއްފަހަރު މުރާޖާކޮށް، ގައުމީ ސަލާމަތީ މަޖިލީހުގެ ލަފާގެ މަތިން ރައީސް އިއުލާން ކުރައްވަން ޖެހެ އެވެ. މިގޮތުން އެ ލިސްޓު މިދިޔަ ހަފްތާގައި ސަރުކާރުން އާންމުކުރި އިރު ސީރިއާއަކީ ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތްއޮތުން ވަނީ އުވާލާފައެވެ. އަދި ސީރިއާގައި ވެރިކަންކުރާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތް ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ވަނީ އުނިވެސްކޮށްފައެވެ.

މިކަމާއި ގުޅިގެން ގާފުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމްލޭންޑް މިނިސްޓްރީގެ ތަރުޖަމާނު ފާތުމަތު ރިފާޢަތު ވިދާޅުވީ ދިވެހީންނަށް ސީރިއާއަށް ދިޔުން ހުއްދަކުރި ނަމަވެސް މީގެ ކުރީން އެގައުމުގެ ސަރަހައްދުތަކަށް ހަނގުރާމަކުރަން ގޮސްތިބި ދިވެހީންނާއި މެދު ކުރިއެކޭވެސް އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށާއި އެފަރާތްތަކުގެ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ތަހުގީގުކުރަމުންދާނެ ކަމަށެވެ.

ނަމަވެސް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުން ސީރިޔާ އުނިކުރި ހިސާބުން ފެށިގެން އެގައުމަށްދާ ދިވެހީންނަށް ފިޔަވަޅު ނާޅާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ސީރިއާގައި ވެރިކަންކުރާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އަކީ ސީރިއާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ވައްޓާލުމަށްފަހު ޑިސެމްބަރު، 2024 ގައި އެގައުމުގެ ވެރިކަމާ ހަވާލުވި ޖަމާއަތެވެ. އެގޮތުން އެޖަމާއަތުގެ ލީޑަރު އަހްމަދު އައް ޝަރާއާއަކީ މިވަގުތު ސީރިއާގެ ރައީސްއެވެ.

ސީރިއާގެ ވެރިކަން އެޗްޓީއެސް ފޮރޮޅިގެން ދިޔަ ހިސާބުން ފެށިގެން ގިނަ ގައުމުތަކުން އަންނަނީ އެޗްޓީއެސް ޖަމާއަތް ޓެރަރިސްޓުން ލިސްޓުން ނަގައި އެގައުމުގެ ދައުލަތް ބަލައިގަންނަމުންނެވެ.

ސީރިއާގައި ތިބި ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން މީގެ ގިނަ އަހަރުތަކެއް ކުރި ރާއްޖެ ދޫކޮށް ގޮސް ތިބި އާއިލާތަކުގެ ތެރެއިން ގިނަ ބަޔަކު ރާއްޖެ އައުމަށް ދިވެހި ސަރުކާރުގައި ވަނީ އެދިފައި އެވެ. އެއްވެސް ގައުމެއްގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވާން ރާއްޖެ ދޫކޮށް ދިއުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެހެންވެ، އެ ފަދަ ހަނގުރާމައަކަށްދާ ދިވެހީން، ރާއްޖެ ގެނައުމަށްފަހު އެ މީހުންގެ އެސެސްމަންޓުތައް ހަދައި، ގައުމު ދޫކޮށް ފުރި ބޭނުމާއި، ސަބަބު އޮޅުން ފިލުވައެވެ. އަދި، އެސެސްމަންޓަށްފަހު، ގަސްތުގައި ފުރިކަން ހާމަވަޖެއްނަމަ އެ މީހަކު ޖިނާއީ ތަހުގީގަކަށް ހުށަހަޅައެވެ. އެހެން ނޫންނަމަ އެ ފަދަ މީހުން އެންއާރްސީގެ ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިކުރުވާނެއެވެ. އެ ޕްރޮގްރާމް ހިންގާނީ އެންއާރްސީގެ އިދާރީ ބަންދެއްގައި ބައިތިއްބައިގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC