
އަލްގައިދާގެ ގޮތްޕެއްގެ ގޮތުގައި ލޭބަލްކޮށްފައި އޮތް އެޗްޓީއެސްއަކީ ނިރުބަވެރި ޖަމާއަތެއް ނޫންކަމަށް އެމެރިކާއިން ކަނޑައަޅައިފި
# ސީރިއާ-
އަލް ގައިދާގެ ގޮތްޕެއްގެ ގޮތުގައި މީގެ ކުރިން އެމެރިކާއިން ލޭބަލްކުރި ހަޔާތު ތަހްރީރު އަލްޝާމްއަކީ ނިރުބަވެރި ޖަމާއަތެއް ނޫންކަމަށް އެމެރިކާއިން ކަނޑައަޅައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިއަދު ވަނީ އަލްގައިދާގެ ސީރިއާގެ ގޮފި ކަމަށްވާ ނުސްރާ ފްރަންޓްގެ ނަމުން ކުރިން މަޝްހޫރުވި ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އަށް ދީފައިވާ ޓެރަރިޒަމްގެ ސްޓޭޓަސް އުވާލަން ނިންމިކަން ރަސްމީކޮށް ހާމަކޮށްފަ އެވެ.
އެމެރިކާއިން މިފަދައިން ނިންމީ އެޗްޓީއެސްގެ ލީޑަރު މުހައްމަދު އަލް ޖުލާނީ އެމެރިކާގެ އެހީއާއި އެކު ސީރިއާގެ ވެރިކަމާ ހަވާލުވެވުމާއި ގުޅިގެންނެވެ.
އެގޮތުން ސީރިއާގެ ޒަމާންވީ ލީޑަރު ބަޝްއާރުލް އައްސަދުގެ ވެރިކަން ވައްޓާލައި މިދިޔަ ޑިސެމްބަރު މަހު އެޗްޓީއެސްގެ ލީޑަރު މުހައްމަދު އަލް ޖުލާނީ ވެރިކަމާއި ހަވާލުވީ އެމެރިކާގެ ވަރަށް ބޮޑު އެހީއަކާއި އެކުގައި އެވެ. އެކަމަށް އެމެރިކާއިންވެސް ވަނީ ނުސީދާކޮށް އިއުތިރާފުވެފައި އެވެ.
އެޗްޓީއެސްގެ ސްޓޭޓަސް އުވާލަން އެމެރިކާއިން ނިންމަވާފައި މިވަނީ ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޮޑުބައެއް އުވާލުމަށް ޓްރަމްޕް ދާދި ފަހުން ނިންމެވި ނިންމެވުމާ ގުޅިގެންނެވެ.
އެޗްޓީއެސް އަކީ އަލްގައިދާގެ ސީރިއާގެ ގޮފި ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް ފަހުން އެޖަމާއަތުން ވަނީ އަލްގައިދާއާއިއެކު އޮތް ގުޅުންތައް ކަނޑާލާފައި އެވެ. އަދި ފަހުން އެޖަމާއަތުން މަސައްކަތްކުރަމުން ގޮސްފައިވަނީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ކަމަށް އެމެރިކާގެ ނޫސްތަކުން ވަނީ މީގެ ކުރީން ރިޕޯޓުކޮށްފައެވެ.
ގުޅުންހުރި

އަލްގައިދާގެ ގޮތްޕެއްގެ ގޮތުގައި ލޭބަލްކޮށްފައި އޮތް އެޗްޓީއެސްއަކީ ނިރުބަވެރި ޖަމާއަތެއް ނޫންކަމަށް އެމެރިކާއިން ކަނޑައަޅައިފި

ސީރިއާގެ އަސްކަރީ މަރުކަޒުތަކަކަށް ޔަހޫދީން ވައިގެ ހަމަލާތަކެއްދީފި

ސީރިއާގެ ތިން ސިފައިންގެ މަރާއިއެކު ލުބުނާނަށް ސީރިއާއިން ހަމަލާދެނީ!
