logoEN
Sto top
ސީރިއާގެ ތިން ސިފައިންގެ މަރާއިއެކު ލުބުނާނަށް ސީރިއާއިން ހަމަލާދެނީ!

ސީރިއާގެ ތިން ސިފައިންގެ މަރާއިއެކު ލުބުނާނަށް ސީރިއާއިން ހަމަލާދެނީ!

އަހުމަދު ޝުރާއު

logo

3/17/2025, 3:39:13 PM

# ސީރިއާ

ސީރިއާގެ ތިން ސިފައިން މަރުވި މައްސަލައެއް ހޫނުވެ ލުބުނާނާއި ސީރިއާއާއި ދެމެދު ހަމަލާބަދަލުކުރުންތަކެއް ފެށިއްޖެ އެވެ.

Wamco

އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ސީރިއާ - ލުބުނާނު ބޯޑަރު ސަރަހައްދުގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި އެވެ. އެގޮތުން ސީރިއާއިން އަންނަނީ އެގައުމުގެ ތިން ސިފައިން ވަގަށް ނެގުމަށްފަހު ލުބުނާނަށް ގެންގޮސް އެމީހުން މަރާލާފައިވާ ކަމަށް ތުހުމަތުކޮށްފައި އެވެ. އަދި މިކަމުގެ ފަހަތުގައި ވަނީ ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއާތް ކަމަށްވެސް ސީރިއާއިން އަންނަނީ ތުހުމަތުކުރަމުންނެވެ.

މިއާއިއެކު ބޯޑަރު ހުރަސްކޮށް ސީރިއާއިން ވަނީ ލުބުނާނަށް ހަމަލާދޭން ފަށާފައި އެވެ. އަދި އެކަމަށް ރައްދުދިނުމަށް ލުބުނާނުގެ ގިނަ އަދަދެއްގެ ސިފައިން އަންނަނީ ބޯޑަރު ސަރަހައްދަށް ޖަމާވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސީރިއާގެ ދިފާއީ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ ސީރިއާގެ ގެ އަސްކަރިއްޔާއިން ބޯޑަރު ސަރަހައްދުގައި ހަމަލާތައް ދީފައިވަނީ ތިން ސިފައިން މަރާލި ހިޒްބުاللهގެ ބަޔަކަށް އަމާޒުކޮށް ކަމަށެވެ.ހިޒްބުاللهގެ ހަނގުރާމަވެރިން ލުބުނާނުގެ އިރުއުތުރު ހުރަސްކޮށް ސީރިއާއަށް ވަދެ، ތިން ސިފައިން ވަގަށް ނަގައި، ލުބުނާނުގެ ބިމުގައި އެމީހުން މަރާލާފައިވާ ކަމަށް ސީރިއާގެ އިންތިގާލީ ސަރުކާރުންވެސް ވަނީ ތުހުމަތުކޮށްފި އެވެ. ނަމަވެސް ހިޒްބުالله އިން ވަނީ އެކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފަ އެވެ.

ލުބުނާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ މަރުވި ތިން ސިފައިންގެ ހަށިތައް ސީރިއާގެ ސިފައިންނާ ހަމައަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside