
ނެއްލައިދޫ އަދި ކުމުންދޫގައި ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ
# ހދ. ނެއްލައިދޫ# ކަރަންޓު ނެޓްވޯކް އަޕްގްރޭޑް# ހދ. ކުމުންދޫ# ފެނަކަ ކޯޕަރޭޝަންފޮޓޯ: ގާފު އޮންލައިން
ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ތިލަދުންމަތީ ނެއްލައިދޫގައި 600 މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ކޭބަލް ވަޅުލައި ނިމިއްޖެއެވެ.

މި މަސައްކަތުގެ ދަށުން 2100 މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ކޮނުމަށް ހަމަޖެހިފައިވާއިރު، އަމާޒަކީ 3 މަސްދުވަސް ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލުމެވެ.
މިހާރު އެރަށުގައި ކަރަންޓު ދެމުން ގެންދަނީ 20sqmm ގެ ކޭބަލުންކަމަށް ވާއިރު، މިހާރު ކުރިއަށްދާ އަޕްގްރޭޑިންގައި 70smmއިން ފެށިގެން 150sqmm ސައިޒުގެ ކޭބަލަށް ބަދަލު ކުރާނެ ކަމަށް ފެނަކައިން އިން ބުންޏެވެ.
ފެނަކައިން ބުނީ މުޅި ރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ދަށުން، ނެއްލައިދޫގައި އަލަށް އާބާދުވާ ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ހަމަޖެހިފަވާއިރު މި ބަދަލާއެކު ރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެން ދާނެ ކަމަށެވެ.
ހދ. ކުމުންދޫގެ ބައެއް ސަރަޙައްދުތަކުގައި ކުރިން ބޭނުން ކުރަމުންދިޔަ 20sqmm ކޭބަލްވެސް ވަނީ 95sqmm ކޭބަލަށް ބަދަލުކޮށްފައެވެ.
އަދި އެއާއެކު އައު ޑިސްޓްރިބިއުޝަން ފޮށި ބެހެއްޓުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. މީގެ އިތުރުން ކުމުންދޫގައި އަލަށް އާބާދުވާ ސަރަޙައްދަށާއި ދަނޑުބިންތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކޭބަލް ވަޅުލުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ.
މީގެ އިތުރުން ތިލަދުންމަތީ އުތުރުބުރީ މޮޅަދޫޫގައި އަލަށް ޤާއިމްކޮށްފައިވާ ދެ ޕަންޕު ސްޓޭޝަނަށް ކަރަންޓު ގުޅުމުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. ޕަންޕު ސްޓޭޝަންތަކަށް ކަރަންޓު ދިނުމަށް ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރިއަށް ދާއިރު، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި މަސަކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ފެނަކައިން ލަފާކުރެއެވެ.
ރަށުގެ ކަރަންޓުގެ ޙާލަތު ރަގަޅު ކުރުމަށް އިތުރު މަސައްކަތްތަކެއްވެސް ވަނީ ކޮށް ނިންމާލެވިފައެވެ. އެގޮތުން މޮޅަދޫގައި ބެހެއްޓިފައިވާ ދެ ޑިސްޓްރިބިއުޝަން ފޮށި އައުކޮށް، ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން، އެ ދެފޮށީގެ ކަރަންޓު 12ވ އިން 18ވ އަށް ވަނީ ބަދަލުކުރެވިފައެވެ.
މީގެ އިތުރުން، އެރަށުގެ ކައުންސިލުން ތަރައްޤީ ކުރާ އާރުއޯ ޕްލާންޓަށް ކަރަންޓު ދިނުމަށް ފެނަކައިން ދަނީ ޓެކްނިކަލް އެހީތެރިކަން ފޯދުކޮށްދެމުންނެވެ.
ގުޅުންހުރި

ނެއްލައިދޫ އަދި ކުމުންދޫގައި ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ

ފެނަކައިން ކުރިޔަށްގެންދާ ލޭ ހާދިޔާކުރުމުގެ ގައުމީ ކެމްޕެއިން "ލޭފަވެތި ފެނަކަ" މިފަހަރު އައްޑޫގައި!

ލޭފަވެތި ފެނަކަ: ލޭ ހަދިޔާކުރުމަށް ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ކެމްޕެއިން ފެށިއްޖެ





