logoEN
Sto top
ޔުއެފާ އިން ރޮޑްރިގޯ ދެ މެޗަށް ސަސްޕެންޑްކޮށްފި

ޔުއެފާ އިން ރޮޑްރިގޯ ދެ މެޗަށް ސަސްޕެންޑްކޮށްފި

ހަސަން ޝަމްއޫން

logo

2/6/2026, 12:39:11 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ރެއާލް މެޑްރިޑް

ރެފްރީ ރޮޑްރީގޯއަށް ރަތްކާޑު ދައްކަނީ..

ޗެމްޕިއަންސް ލީގުގެ ލީގުބުރުގެ ފަހު މެޗުގައި ބެންފީކާ އަތުން ރަށުން ބޭރުގައި 4-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވި މެޗުގައި ރަތްކާޑު ދެއްކި މެޑްރިޑްގެ ބްރެޒިލް ފޯވާޑް ރޮޑްރީގޯ ޔުއެފާ އިން ދެ މެޗަށް ސަސްޕެންޑްކޮށްފިއެވެ.

Wamco

އުމުރުން 25 އަހަރުގެ ރޮޑްރީގޯއަށް އެ މެޗުގައި ރެފްރީ ރަތްކާޑު ދެއްކީ ގާތްގާތުގައި ދެއްކި ދެ ރީނދޫކާޑާއި އެކުގައެވެ. އެގޮތުން މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރެފްރީގެ ނިންމުމާއި ދެކޮޅަށް ނުރުހުން ފާޅުކުރުމުން އޭނާއަށް ދެއްކި ރީނދޫކާޑައި މެދު ހިތްހަމަނުޖެހިގެން ރޮޑްރީގޯ ވަނީ ރެފްރީއާއި ބޭއަދަބީ ބަހުން މުޚާތަބުކޮށްފައެވެ. މިއާއެކު ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މިއާއެކު ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ރެއާލް މެޑްރިޑް ކުޅެންޖެހޭ ދެ މެޗުގައި ރޮޑްރީގޯއަށް ނުކުޅެވޭނެއެވެ. އަދި ޕްލޭއޮފްގައި ވެސް ރެއާލް މެޑްރިޑް ވާދަކުރަންޖެހިފައިވަނީ ބެންފީކާ އާއި ދެކޮޅަށެވެ.

އެގޮތުން ޕްލޭއޮފްގެ ފުރަތަމަ ލެގްގެ މެޗުގައި މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ބެންފީކާގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ރެއާލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގްގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ އެވެ. އަދި މިދެމެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން ދަންވަރު 1:00 ގައެވެ.

މީގެ އިތުރުން އަނިޔާގެ ސަބަބުން މިދެމެޗުގައި ވެސް ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމްއަށް ނުކުޅެވޭއިރު، ބެންފީކާ އާއި ދެކޮޅަށް ލީގުބުރުގެ ފަހު މެޗުގައި ރަތްކާޑު ދެއްކި ޑިފެންޑަރު ރައުލް އަސެންސިއޯއަށް ރެއާލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗުގައި ކުޅެވޭނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC