
ފަތުރުވެރިންތަކަކާއިއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ގުޅީފަޅު ކައިރިއަށް ބަންޑުންޖަހާލައިފި
# އެމްއެންޑީއެފް-
ކ.ގުޅީފަޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ބަންޑުންޖަހާލި ލޯންޗެއްގައި ތިބި ބަޔަކަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ "ބުލެޓް ސްޕީޑް" ނަމަކަށްކިޔާ މި ލޯންޗުން ދަތުރުކުރަމުންދިޔަ 9 ފަތުރުވެރީންނާއި، 2 ފަޅުވެރީންނާއި، ލޯންޗުގެ ކެޕްޓަން ކަނޑުވެފައިތިއްބައި ފުރަތަމަ ނަގާފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކަށް ކަމަށެވެ.
އޭގެފަހުން ސީނަށް އެޓެންޑްވި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓަށް އެ މީހުން ބަދަލުކޮށް، މިއަދު 09:40 ހާއިރު އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު މާލެ ގެނެސްދީފައިކަމަށް ސިފައިން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ސިފައިން ވަނީ ހާމަކޮށްފައެވެ.
ގުޅުންހުރި

ފަތުރުވެރިންތަކަކާއިއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ގުޅީފަޅު ކައިރިއަށް ބަންޑުންޖަހާލައިފި

ފުނަދޫ އެއާ ސްޓޭޝަނުން މިއަހަރު ހިދުމަތްދޭން ފަށާނަން: ރައީސް

އޮސްޓްރޭލިއާއިން ރާއްޖެއަށް މަނަވަރެއް ހަދިޔާކުރަން ވަނީ ނިންމާފައި، މިއަހަރު ހިދުމަތަށް ނެރެވޭނެ - ރައީސް





