logoEN
Sto top
މުދާ އުފުލާ ބޯޓެއް ދިޔަވާން ފެށުމުން ސިފައިން އެހީވެއްޖެ

މުދާ އުފުލާ ބޯޓެއް ދިޔަވާން ފެށުމުން ސިފައިން އެހީވެއްޖެ

އަހުމަދު ޝުރާއު

logo

2/4/2026, 9:10:27 AM

# އެމްއެންޑީއެފް

-

މާލޭ ނޯތު ހާބަރު ބޭރުތޮށީގައި އޮއްވައި، ދިޔަވާން ފެށި "ރަސްރީތި" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓުން ދިޔަ ހިއްކުމުގައި ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

Wamco

އެ ސަރަހައްދުގައި އަޅާފައި އޮއްވައި، އެ ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 08:38 ހާއިރުއެވެ.

އެ މަޢުލޫމާތު ލިބުމުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް، ޑައިވްކޮށްގެން އެ ބޯޓްގެ އަޑިން އެއްވެސް ގެއްލުމެއް ވެފައިވޭތޯ ވަނީ ބަލާފައެވެ. އަދި ބެލުބެލުމުން އެއްވެސް ގެއްލުމެއް ވެފައި ނުވާކަން ވަނީ ފާހަގަވެފައިކަމަށް ސިފައިން ބުންޏެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ޕަންޕު ބޭނުންކޮށްގެން އެ ބޯޓުން ދިޔަ ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، އެމްއެންޑީއެފް އެފްއާރުއެސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ދިޔަހިއްކުމަށް ކުރި މަސައްކަތުން، މިއަދު 09:51 ހާއިރު ވަނީ ބޯޓުގެ ދިޔަގަނޑު އެއްކޮށް ހިއްކާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC