
އޮސްޓްރޭލިއާއިން ރާއްޖެއަށް މަނަވަރެއް ހަދިޔާކުރަން ވަނީ ނިންމާފައި، މިއަހަރު ހިދުމަތަށް ނެރެވޭނެ - ރައީސް
# އެމްއެންޑީއެފް-
ރާއްޖޭގެ ކޯސްޓްގާޑުގެ ހިދުމަތް ވަރުގަދަ ކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރައްވަން ނިންމަވައި އެކަންކަމުގެ ތަފްސީލް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް މިކަންކަން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ގައުމުގެ ދިފާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ދިވެހި އަސްކަރީއްޔާ ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތްކަމުގެ ތަފްސީލް ހާމަކުރައްވައި ރައީސް ވިދާޅުވީ ކޯސްޓްގާޑު ދެގުނަ ކުރުމަށް މަސައްކަތް ފެށިފައިވާ ކަމަށާއި އެގޮތުން ތުރުކީ ވިލާތުން ހަދިޔާކުރެއްވި ސިފައިން ޚިދުމަތުގައި މިހާރު ބޭނުން ކުރަމުންދާ އެންމެ ބޮޑު އަސްކަރީ މަނަވަރު މިދިޔަ އަހަރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. މީގެއިތުރުންވެސް އިތުރު އުޅަނދުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކަށް، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިންސްޕެކްޓަރ ވެސަލް ހޯދުމުގެ މަސައްކަތް ފަށައި 3 އުޅަނދު މިހާރު ޚިދުމަތަށް ނެރެފައިވާ ކަމަށާއި މިއަހަރު ތެރޭގައި އިތުރު 17 އުޅަނދު ޚިދުމަތައް ނެރެވޭނެކަން ރައީސް ހާމަކުރެއްވި އެވެ.
"ޖަޕާން ސަރުކާރުން 2 ހާބަރ ކްރާފްޓް ވެސަލް ހޯދުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާފައިވޭ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރާ މަނަވަރު މިއަހަރު ޚިދުމަށް ނެރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގުޅުންހުރި

ފަތުރުވެރިންތަކަކާއިއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ގުޅީފަޅު ކައިރިއަށް ބަންޑުންޖަހާލައިފި

ފުނަދޫ އެއާ ސްޓޭޝަނުން މިއަހަރު ހިދުމަތްދޭން ފަށާނަން: ރައީސް

އޮސްޓްރޭލިއާއިން ރާއްޖެއަށް މަނަވަރެއް ހަދިޔާކުރަން ވަނީ ނިންމާފައި، މިއަހަރު ހިދުމަތަށް ނެރެވޭނެ - ރައީސް





