
އަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ އިރާނުގެ ޑްރޯނަކަށް އެމެރިކާއިން ހަމަލާދީ ވައްޓާލައިފި
# އިރާން-
އަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ އިރާނުގެ ޑްރޯނަކަށް އެމެރިކާއިން ހަމަލާދީ ވައްޓާލައިފި އެވެ.

މިކަން ހާމަކުރީ އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ތަރުޖަމާން ޓިމް ހޯކިންސް ނެރުނު ކުރު ބަޔާނެއްގައިއެވެ. އެގޮތުން ބަޔާނުގައި ބުނީ އަރަބި ކަނޑުގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް ކައިރިން ދަތުރުކުރި އީރާނުގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށެވެ. އަދި އެޑްރޯން ވައްޓާލާފައިވަނީ އެމެރިކާގެ މަތިންދާބޯޓު އުފުލާ އެންމެ ބޮޑު މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަން އާއި ކައިރިން އެ ޑްރޯން ދަތުރުކުރުމާއި ގުޅިގެން މަނަވަރާއި މަނަވަރުގައި ތިބި ސިފައިންގެ ސިފާއުގައި އެމެރިކާގެ އަސްކަރީ ޖެޓަކުން ދިން ހަމަލާއެއްގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ސެންޓްކޮމް އިން ބުނި ގޮތުގައި އިރާނުގެ ޝަހީދު-139 ޑްރޯން ވައްޓާލީ އީރާނުގެ ދެކުނުގެ އައްސޭރިފަށުން 800 ކިލޯމީޓަރު ދުރުގައި މިވަގުތު އޮތް ލިންކަންގެ އެފް-35 ސީ މަރުކާގެ މަތިންދާބޯޓަކުން ދިން ހަމަލާއެއްގައި ކަމަށެވެ،މި ހާދިސާއާ ގުޅިގެން އީރާނުގެ ކަމާބެހޭ ފަރާތްތަކުން އަދި މިހާތަނަށް ރަސްމީކޮށް ބަހެއް ބުނެފައި ނުވެއެވެ.
މިފަދަ ހަމަލާއެއް ދީފައިވާއިރު އިރާނާއި އެމެރިކާއާއި ދެމެދު ގުޅުން ގޯސްވެ އަންނަ ހަފްތާ ބަންދުގައި ދެގައުމުގެ ދެމެދު މުހިންމު މަޝްވަރާތަކެއް މެދުއިރުމަތީގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ގުޅުންހުރި

ޔޫރޭނިއަމް އަތުލައިގަތުމުގެ ނިޔަތުގައި އެމެރިކާގެ އެލީޓް ފޯސްއެއް އިރާނަށް އެއްގަމުމަގުން ވަނުމަށް ތައްޔާރުވަނީ

އިރާނުން ކުވެއިތަށް ދިން ހަމަލާއެއްގައި އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރާލައިފި

އައު ސުޕްރީމް ލީޑަރު މުޖޮތަބާ ހުންނެވީ ވަރަށް ރައްކާތެރި ތަނެއްގައި - ރިޕޯޓު

.gif&w=3840&q=75)



