logoEN
Sto top
"ވިމެން އިން އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް" ފަށައިފި

"ވިމެން އިން އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް" ފަށައިފި

އަހުމަދު ޝުރާއު

logo

2/3/2026, 9:30:48 AM

# އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

-

ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނާއި ޔޫ.ކޭ.ގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ވިމެން އިން އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް" ފަށައިފިއެވެ.

Wamco

ފެބްރުއަރީ މަހުގެ 2 – 12 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ، އޭވިއޭޝަން ސެކިއުރިޓީ ދާއިރާގެ ހޭލުންތެރިކަމާއި ފަންނުވެރިކަން ހަރުދަނާކޮށް، މި ދާއިރާގައި މިންތީގެ ހަމަހަމަކަން ކުރިއެރުވުމެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި، ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް، ފާޠިމަތު މިޒްނާ ޢަލީއާއި، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރ މުޙައްމަދު ތައުފީޤް ވަހަބް އަދި ޔޫ.ކޭ.ގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓްގެ ޑެޕިއުޓީ ޑިރެކްޓަރ، ހެޑް އޮފް އޭވިއޭޝަން ސެކިއުރިޓީ އިންޓަރނޭޝަނަލް އޮޕަރޭޝަންސް، ޑެވީނާ ހެންޑަރސަން ބައިވެރިވެވަޑައިގެންނެވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC