
-
"އައިކާއޯ މެނޭޖަރސް ކޯސް" ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފެށިއްޖެ އެވެ.

މި ކޯހަކީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންއާއި ދިފާޢީ ވުޒާރާގެ ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން ގުޅިގެން ބާއްވާ ކޯހެކެވެ.
މި ކޯސް ފެށުމަށްޓަކައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ފާޠިމަތު މިޒްނާ ޢަލީއެވެ.
އޮކްޓޯބަރ މަހުގެ 21 ން 29 ށް ބާއްވާ މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާއި އޭވިއޭޝަން ސެކިއުރިޓީގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ހޭލުންތެރިވުމާ ގުޅޭގޮތުންނެވެ.







