
ރާއްޖެއިން ބޭރަށް ފުރަން އުޅުނު ފަސިންޖަރެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ
# އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް--
ރާއްޖެއިން ބޭރަށް ފުރަން އުޅުނު ފަސިންޖަރެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ އެވެ.

ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ބުނީ 30 އޮގަސްޓް 2024 ވަނަދުވަހު 15:40 ގައި އިންޑިގޯ ފްލައިޓް E6 1128 އިން ބެންގަލޯއައް ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރެއް އެ ކޮމާންޑްގެ މުއައްޒަފުން ބަލާ ފާސް ކުރުމުގެ ތެރޭގައި އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އެގޮތުން އޭނާގެ އަތުން ފެނިފައުވަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ދެ ޕެކެޓު ކަމަށްވެސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން އެ ފަސިންޖަރު މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކޮށްފައެވެ. ނަމަވެސް އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އެކޮމާންޑުން ހާމައެއް ނުކުރެއެވެ.
އަދި މި މައްސަލައާއި ގުޅިގެން ފުލުހުންވެސް ވަކި އެއްޗެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.







