logoEN
Sto top
ކާޑެއްދޫ އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް މުވައްޒަފުން ހޯދަނީ

ކާޑެއްދޫ އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް މުވައްޒަފުން ހޯދަނީ

އަހުމަދު ޝުރާއު

logo

10/12/2025, 6:46:14 PM

# އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

-

ހުވަދު އަތޮޅުގެ ކާޑެއްދޫ އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި އެވެ.

Wamco

މިއަދު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ގެޒެޓު ކުރި އިއުލާނެއްގައި ބުނީ ކާޑެއްދޫ އެއާޕޯޓުގެ އޭ. ވީ. އެސް ޓްރެއިނީގެ މަގާމަށް 4 އަންހެން މުވައްޒަފުން ހޯދަން އިއުލާނުކުރާ ކަމަށެވެ.

އެގޮތުން އެ މަގާމަށް ހޮވާ މީހުން ޝަރުތުތަކުގެ ތެރޭގައި ސާނަވީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާ އެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުން "ދިވެހި" މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނޭ ކަމަށެވެ. އަދި އުމުރުން 18 އަހަރާ 35 އަހަރާ ދެމެދުގެ ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އިސްކޮޅުގައި ފަސް ފޫޓް ހުރުމުގެ އިތުރުން ފުރިހަމަ ސިއްހަތެއްގައި ހުރި ފަރާތަކަށް ވާން ޖެހޭނެއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމަންޑުންގެ ބޭސިކް މުސާރައެއް ގޮތަށް ކަނޑައަޅާފައިވަނީ 5920.00 ރުފިޔާއެވެ. ސާވިސް އެލަވެންސްގެ ގޮތުގައި 1500 ރުފިޔާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން އިތުރު އެލަވެންސްތައް ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ. އެގޮތުން ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާގެ ގޮތުގައި 60 ރުފިޔާވެސް ހިމެނޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މި މަޤާމަށް ހޮވޭ މުވައްޒަފުން މަޤާމުގެ ބޭސިކް ޓްރެއިނިން ދެވޭ މުއްދަތުގެ ތެރޭގައި ފުރިހަމަކޮށް ފާސްވުމުން، ސީ.އެސް 3-1 ގެ ރޭންކުގެ ފުރަތަމަ ގްރޭޑަށް ކުރިއެރުން ދެވޭނެކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައި އެވެ.

މަގާމަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާޓާސް އަށް ހުށަހަަޅަން ވަނީ އެދިފައެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަންނާނެއެވެ.

އެ ވަޒީފާއަށް މީހުން ނެގުމުގައި ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާނެއެވެ. އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ. އޭގެ ފަހުން އިންޓަވިއު އާއި އިމްތިހާން އޮންނާނީ، 23 އޮކްޓޫބަރު 2025 އާއި 30 އޮކްޓޫބަރު 2025 ދެމެދު، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއަރޓަރސް ނުވަތަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކަނޑައަޅާތަނެއްގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC