-1770016002726.webp&w=3840&q=75)
އިންތިހާބުތަކުން ތަޅުއެޅުވިފައި އޮތުން ނިންމަން ދެ އިންތިހާބު އެއްކޮށްލަން ޖެހޭ: އާދަމް ޝަރީފް
# އާދަމް ޝަރީފް އުމަރު-
ރިޔާސީ ވެރިކަމުގެ 5 އަހަރުގެ ދައުރުގައި އިންތިޚާބުތަކުން ދައުލަތް ''ތަޅު އެޅުވިފައި'' އޮތް އޮތުން ނިންމުމަށް ރިޔާސީ އިންތިޚާާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނު އަސާސީއަށް ހުށަހަޅައިފައިވާ އިސްލާޙު މުހިއްމުކަމަށް ދެކިވަޑައިގަންނަވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިންތިޚާބުތައް މިހާރު އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަންނަވާ ބޭފުޅަކު ޖެހިވަޑައިގަންނަވަނީ ގާތްގާތުގައި އިންތިޚާބުތަކަށް ތައްޔާރުވެވަޑައިގަންނަވަން ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގަންނަވާ ބޭފުޅަކު ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ގިނަ ދުވަސްތަކެއްނުވަނީސް މަޖިލީސް އިންތިޚާބަށް ތައްޔާރުވާން ޖެހިވަޑައިގަންނަވާ ކަމަށެވެ. މަޖިލީސް އިންތިޚާބަށްފަހު މާ ގިނަ ދުވަސްތަކެއްނުވެ، ދެން ތައްޔާރުވާން ޖެހިވަޑައިގަންނަވަން ޖެހެނީ ލޯކަލް ކައުންސިލް އިންތިޚާބަށް ކަމަށެވެ.
''ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގުމާއެކުގައި މަޖިލީހުގެ ތެރޭގައި އޮންނަ އޮއިވަރާއި މި ހުރިހާ ކަމެއް ބަލަމުންދާއިރު، ހަޤީގަތުގައި ރައީސުލްޖުމްހޫރިއްޔާއަށް އެންމެ އެކަށީގެންވާ ގޮތަށް ވެރިކަންކުރަން، އެ ފުރުސަތު އެންމެ ރަނގަޅަށް އޮންނަ ކަމަށް ގަބޫލެއް ނުކުރެވޭ. މަޖިލިސް ރަނގަޅަށް ފަށައިގަންނައިރު ދެން މި އޮންނަނީ ލޯކަލް ކައުންސިލް އިންތިޚާބު، އެހެންވީމާ ދައުރެއްގެ ތެރޭގައި 3 އިންތިޚާބެއް ތަޖުރިބާ ކުރަންޖެހޭ'' މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަންވެސް މީގެ ކުރިން ކުރެއްވި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އިންތިޚާބުތައް ބާއްވަން ޖެހުމުގެ ސަބަބުން އެކަށީގެންވާ ބާރުމިނުގައި ތަރައްޤީގެ ކަންކަންވެސް ކުރިއަށްނުދާ ކަމަށެވެ. އެއީ ރާއްޖޭގެ ވެރިކަން ކުރެއްވި ކޮންމެ ވެރިޔަކުވެސް ތަޖުރިބާކުރަން ޖެހިވަޑައިގަންނަވާ ކަންކަން ކަމަށް ވިދާވިއެވެ.
''މުޅި ދައުލަތް މި އޮންނަނީ އިންތިޚާބުތަކުން ތަޅު އެޅުވިފައި. ޤައުމަށް ހެޔޮ ބަދަލެއް ގެންނާކަށް ފުރުސަތެއް ނުލިބޭ. ތަރައްޤީގެ މަޝްރޫއުތައް ހިންގަން އޮންނަ ފުރުސަތު ވަރަށް ބޮޑަށް މި އޮންނަނީ އިންތިހާބުގެ ބަލިމަޑުކަމުގެ ތެރޭގައި ތަޅުއެޅުވިފައި'' މިނިސްޓަރ ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން ރާއްޖޭގެ ރައީސުލްޖޫމްހޫރިއްޔާ ކަމަށް ވާދަކުރައްވަން ކިތަންމެ ގިނަ ބޭފުޅުން ނިކުންނެވިޔަސް އެ ބޭފުޅުންނާ އެ ބޭފުޅުންނާ އެކީގައި ރަނގަޅު ޓީމެއް ފެނިގެންދާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އިންތިޚާބު އެއްކޮށްލެވުމުން ސަލާމަތްވަނީ ޚަރަދުތައް އެކަނި ނޫން ކަމަށާއި، ޕާޓިވަންތަ ކަމާއެކު މަސައްކަތްކުރުމުގެ ސިފަ ފެންނާނެ ކަމަށެވެ. އަދި ޤައުމުގެ ހިންގުން ހަރުދަނާވެގެންދާނެކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ގުޅުންހުރި
-1770016002726.webp&w=3840&q=75)
އިންތިހާބުތަކުން ތަޅުއެޅުވިފައި އޮތުން ނިންމަން ދެ އިންތިހާބު އެއްކޮށްލަން ޖެހޭ: އާދަމް ޝަރީފް

މި ހަފްތާ ނިމުމުގެ ކުރިން އަތޮޅުތަކުގައި މަސްދަޅުކޭސް ބަހަން ފެށޭނެ: އާދަމް ޝަރީފް

ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ: އާދަމް ޝަރީފް





