logoEN
Sto top
ފެނަކައިން ކުރިޔަށްގެންދާ ލޭ ހާދިޔާކުރުމުގެ ގައުމީ ކެމްޕެއިން "ލޭފަވެތި ފެނަކަ" މިފަހަރު އައްޑޫގައި!

ފެނަކައިން ކުރިޔަށްގެންދާ ލޭ ހާދިޔާކުރުމުގެ ގައުމީ ކެމްޕެއިން "ލޭފަވެތި ފެނަކަ" މިފަހަރު އައްޑޫގައި!

އަހުމަދު ޝުރާއު

logo

2/2/2026, 12:40:48 PM

# ފެނަކަ ކޯޕަރޭޝަން# އައްޑޫ ސިޓީ

-

ފެނަކަ ކޯޕަރޭޝަނުން އިސްނަގައިގެން ކުރިޔަށްގެންދާ ލޭ ހަދިޔާކުރުމުގެ ކެމްޕޭން، "ލޭފަވެތި ފެނަކަ" އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔުމަށް ނިންމައިފި އެވެ.

Wamco

ފެނަކައިން ފެނަކައިން ޚިދުމަތް ދޭ ހުރިހާ ރަށެއް ޝާމިލްވާ ގޮތަށް ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޙަރަކާތް ފަށާފައިވަނީ، 23 ޑިސެމްބަރ 2025 ގައި މާލޭ ހެޑް އޮފީހުގައި ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޙަރަކާތުންނެވެ.

އެގޮތުން މާލޭގައި ކުރިޔަށްގެންދިޔަ ހަރަކާތުގައި ، ހެޑް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެ، ލޭ ހަދިޔާ ކޮށްފައިވެއެވެ.

ފެނަކައިން މިއަދު ބުނީ ލޭ ލިބުމުގައި ދަތިތަަކެއް ދިމާވެ، އާްމުންގެ އެހީއަށް ބޭނުންވެފައިވާ މި ދަނޑިވަޅާ ދިމާކޮށް، އައްޑޫ ސިޓީގައި މި މަހުގެ 15 ގެ ކުރިން ފެނަކައިގެ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭން "ލޭފަވެތި ފެނަކަ" ކުރިއަށް ގެންދިޔުމަށް ތާވަލުކޮށް، ކެމްޕޭން ހިންގުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

މިގޮތުން އައްޑޫގައި މި ޙަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފެނަކަ މުވައްޒަފުންނާއި، އާއިލާތަކުގެ އިތުރުން އާއްމުންނަށްްވެސް ބައިވެރިވެ ލޭ ހަދިޔާ ކުރެވޭގޮތަށެވެ.

ފެނަކައިން ކުރިޔަށްގެންދާ މި ޚާއްސަ ހަރަކާތަކީ މޯލްޑިވްސް ބްލަޑް ސަރވިސް އާއި ގުޅިގެން އެކުންފުނީން ކުރިޔަށްގެންދާ ހަރަކާތެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC