logoEN
WAMCO TOP 1
މާއެނބޫދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް؛ 400 ކިލޯވޮޓްގެ ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފި

މާއެނބޫދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް؛ 400 ކިލޯވޮޓްގެ ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

7/22/2026, 3:17:54 PM

# ފެނަކަ ކޯޕަރޭޝަން

-

ދ. މާއެނބޫދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 400 ކިލޯވޮޓްގެ އައު ޖެނެރޭޓަރެއް ބެހެއްޓުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ.

THE TRAVELLER AD

ފެނަކަ ކޯޕަރޭޝަނުން ބުނީ މި މަސައްކަތަކީ ރަށުގެ އާބާދީ އިތުރުވަމުންދިއުމާއެކު، އާންމު ގޭބިސީތަކާއި ވިޔަފާރިތަކުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، އެކަމަށް އެކަށީގެންވާ ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަމަށެވެ.

އަދި 400 ކިލޯވޮޓްގެ އައު ޖެނެރޭޓަރު އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމުން، ރަށުގެ އިންޖީނުގެއަށް ދިމާވެފައިވާ ކެޕޭސިޓީގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށްވެސް ފެނަކައިން ހާމަކުރެއެވެ.

މި މަސައްކަތުގެ ސަބަބުން މާއެނބޫދޫގެ ކަރަންޓު ނެޓްވޯކް އިތުރަށް ވަރުގަދަވެ، ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް މެދުކެނޑުމެއްނެތި ޚިދުމަތް ދިނުމުގެ ފަންނީ އަދި އޮޕަރޭޝަނަލް ޤާބިލުކަން އިތުރުވެގެންދާނެއެވެ. މީގެއިތުރުން، ޕީކް ގަޑިތަކުގައި ކަރަންޓަށް ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވެ، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތުގެ ފެންވަރު އިތުރު ހަރުފަތަކަށް އުފުލިގެންދާނެއެވެ.

ރަށްރަށުގެ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އިތުބާރުހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ކޮމެންޓް
ފަހުގެ
HDC