
ނޮޅިވަރަމުގައި ހައި ވޮލްޓޭޖް ކޭބަލް އަޅައި، ކަރަންޓުގެ ޚިދުމަތް ފެންވަރު މަތިކުރަނީ
# ފެނަކަ ކޯޕަރޭޝަން-
ހދ. ނޮޅިވަރަމުގެ ކަރަންޓު ނެޓްވޯކް އިތުރަށް ހަރުދަނާކޮށް ފެންވަރު މަތިކުރުމަށްޓަކައި ހައި ވޮލްޓޭޖް ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މި މަޝްރޫއަކީ އެ ރަށުގެ ކަރަންޓުގެ ޚިދުމަތަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަމަށެވެ.
އެގޮތުން މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ނޮޅިވަރަމްގެ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، މުޅި ރަށަށް އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށާއި ކޭބަލް އެޅުމުގެ މަސައްކަތް ނިމުމާއެކު ރަށުގެ ނެޓްވޯކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަންވެސް ފެނަކައިން ހާމަކުރެއެވެ.
މި މަސައްކަތް ނިމިގެންދާއިރު، ރަށުގެ ކަރަންޓުގެ ލޯޑު ބޮޑުވާ ސަރަހައްދުތަކަށް ދިމާވަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން، މިއީ ރަށުގެ އާބާދީ އިތުރުވަމުންދާ މިންވަރާއި ވިޔަފާރިތައް ފުޅާވަމުންދާ ދިއުމަށް ބަލައި، ކުރިއަށް އޮތް ތަނުގައި އަންނާނެ ކުރިއެރުންތަކަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ މުހިންމު އިންވެސްޓްމެންޓެކެވެ.
ސަރުކާރުން ދަނީ ރާއްޖޭގެ އެކި ރަށްރަށުގެ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ކަރަންޓުގެ ނެޓްވޯކްތައް ޒަމާނީ ކުރުމުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.
ގުޅުންހުރި

މާއެނބޫދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް؛ 400 ކިލޯވޮޓްގެ ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފި

ނޮޅިވަރަމުގައި ހައި ވޮލްޓޭޖް ކޭބަލް އަޅައި، ކަރަންޓުގެ ޚިދުމަތް ފެންވަރު މަތިކުރަނީ

ނެއްލައިދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރަން 600 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފި




