
-
ދަރިވަރުންގެ ކިބައިގައި އަޚްލާޤީ ރީތި ސިފަތަކާއި އާދަތައް އަށަގަންނުވައި، ދީނީ ކަންކަމަށް ލޯބިޖެއްސުމުގެ މަޤްޞަދުގައި ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ "ބިންގާ" ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ފަށައިއެވެ.

މި ޕްރޮގްރާމަކީ ތަފާތު ތީމްތަކަކަށް ބަހާލައިގެން، މުޅި އަހަރު ދުވަހަށް ދެމިގެންދާގޮތަށް ރޭވިފައިވާ ޚާއްސަ ހަރަކާތެކެވެ. "ބިންގާ" ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ސްކޫލްތަކާއި، ބެލެނިވެރިން އަދި މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު، ދަރިވަރުންނަކީ އަޚްލާޤީ ގޮތުން ފުރިހަމަ، ނަމޫނާ ބަޔަކަށް ހެދުމެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ދީނީ އަދި އަޚްލާޤީ އަސާސްތައް ވަރުގަދަކޮށް، ހަރުދަނާ އުޞޫލުތަކެއްގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރުމެވެ. މިގޮތުން، ފަރުޟު ފަސް ނަމާދަށް ބާރުއެޅުމާއި، އިޙްތިރާމްކުރުމާއި ޒިންމާދާރުވުން ފަދަ މަތިވެރި ސިފަތައް އަށަގެންނެވުމަށްޓަކައި، ކޮންމެ މަހަކުވެސް ވަކި ޚާއްޞަ ތީމްތަކަށް ދަށުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ.
ސްކޫލްގެ އިސްވެރިންގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގާ މި ޕްރޮގްރާމްގައި، ކޮންމެ މަހަކު ބާއްވާ ޚާއްޞަ އެސެމްބްލީތަކުގެ ޒަރިއްޔާއިން، ކަނޑައެޅޭ މައުޟޫޢުތަކަށް ދަރިވަރުންގެ މެދުގައި މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ.
ގުޅުންހުރި

ސްޓޭޖް 2 އިން 5 އަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޕްރިންޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އިއުލާންކޮށްފި

"ޔަންގު މެތަމެޓިކަލް ސްޓޯރީ އޯތަރ ކޮންޕެޓިޝަން" ގައި ހުރިހާ އުމުރުފުރާއަކުން ރާއްޖެއަށް އެއްވަނަ!

ގްރޭޑް 10 ގެ ދަރިވަރުންނަށް 'އެންޓި-ބުލީންގް އެންޑް މެންޓަލް ވެލް-ބީންގް' ޕްރޮގްރާމް ފަށައިފި




