logoEN
Sto top
ފުލަމް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ ހަތަރުވަނައަށް

ފުލަމް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ ހަތަރުވަނައަށް

ހަސަން ޝަމްއޫން

logo

2/2/2026, 4:02:45 AM

# މެންޗެސްޓަރ ޔުނައިޓެޑް# ބޭރު ދުނިޔޭގެ ކުޅިވަރު# ފުލަމް # އިނގިރޭސި ޕްރިމިއާ ލީގު

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ފުލަމް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

މިނަތީޖާއެކު ލީގުގައި ކުޅުނު 24 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 41 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ފުލަމް ލީގުގައި ކުޅުނު 24 މެޗުން ހޯދި 34 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ.

ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެމެޗުގައި ތާވަލު އެންމެ ކުރީގައި އޮތް އާސެނަލް އަދި މެންޗެސްޓާ ސިޓީ އަތުން މޮޅުވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން އެޓީމު ޖެހިޖެހިގެން ތިން މެޗުން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި ލީގުގައި ފުލަމް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޔުނައިޓެޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކަސަމީރޯ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މެތިއަސް ކުންޔާ އެވެ.

ފުލަމް އިން ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ރައުލް ހިމެނޭޒް އެވެ. އަދި އެޓީމު މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ކެވިން އެވެ.

ނަމަވެސް ޖެހިގެންއައި މިނެޓުގައި ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ސްލޮވޭނިއާގެ ފޯވާޑް ބެންޖަމިން ޝެސްކޯ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC