logoEN
Sto top
އިމްޕޯޓު އެކްސްޕޯޓުގައި ދިމާވާ ދަތިތައް ދެނެގަތުމަށް ކަސްޓަމުން ފޯރަމެއް ކުރިޔަށްގެންގޮސްފި

އިމްޕޯޓު އެކްސްޕޯޓުގައި ދިމާވާ ދަތިތައް ދެނެގަތުމަށް ކަސްޓަމުން ފޯރަމެއް ކުރިޔަށްގެންގޮސްފި

އަހުމަދު ޝުރާއު

logo

1/31/2026, 5:27:06 PM

# ކަސްޓަމްސް ސާވިސަސް

-

ރާއްޖެއަށް މުދާ އެތެރުކުރާ ފަރާތްތަކާއި މުދާ ބޭރުކުރާ ފަރާތްތަކާއިއެކު ކަސްޓަމްސް އިން ޚާއްސަ ފޯރަމެއް ކުރިޔަށް ގެންގޮސްފިއެވެ.

Wamco

ކަސްޓަމްސްއިން މިއަދު ބުނީ މުދާ އިމްޕޯޓް އަދި އެކްސްޕޯޓްކުރުމާ ގުޅޭގޮތުން ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ކަމާގުޅޭ އެންމެހާ ފަރާތްތަކާއެކު މަޝްވަރާކުރުމަށް "އިމްޕޯޓް / އެކްސްޕޯޓް ސްޓޭކްހޯލްޑަރ ފޯރަމް" އެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން މިއަދު ބޭއްވުނު ސްޓޭކްހޯލްޑަރ ފޯރަމްގައި ކަސްޓަމްސް، ބަނދަރުތައް، މުދާ ކްލިއަރކުރުމުގައި ހަރަކާތްތެރިވާ ކްލިއަރިންގ އެޖެންޓުންނާއި ބްރޯކަރުން އަދި އިމްޕޯޓް/އެކްސްޕޯޓް މުދަލާގުޅޭ ހުއްދަތައް ދޫކުރާ ސަރުކާރުގެ އިދާރާތައް ގުޅިގެން، މުދާ އިމްޕޯޓް/އެކްސްޕޯޓްކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މިހާރުން މިހާރަށް އެޅެންހުރި ފިޔަވަޅުތަކާއި، މެދުރާސްތާ އާއި ދިގުރާސްތާގައި ގެނެވޭނެ ހައްލުތަކާމެދު މަޝްވަރާކުރެވުނު ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.

މި ފޯރަމްގައި ކަސްޓަމްސް، ބަނދަރުތައް، މުދާ ކްލިއަރކުރުމުގައި ހަރަކާތްތެރިވާ ކްލިއަރިންގ އެޖެންޓުންނާއި ބްރޯކަރުން އަދި މުދާ އެތެރެކުރުމާއި ބޭރުކުރުމުގައި ބޭނުންވާ މުދަލާގުޅޭ ހުއްދަތައް ދޫކުރާ ސަރުކާރުގެ އިދާރާތައް ހިމެނޭގޮތަށް 60 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވިއެވެ.

ކަސްޓްމްސްއިން ދާއިރާގެ އެކި ފަރާތްތަކާއެކު މި ފޯރަމް ބާއްވާފައިވަނީ ރާއްޖެއަށް މުދާ އެތެރެކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން މިދިޔަ އަހަރު ޑިސެމްބަރު މަހު 17 ވަނަ ދުވަހު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC