logoEN
WAMCO TOP 1
ޗިޕްސް ދަޅާއި ޗޮކްލެޓް ޕައުޑަރ ޕެކެޓުތަކުގެ ތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރި ހާހަކަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

ޗިޕްސް ދަޅާއި ޗޮކްލެޓް ޕައުޑަރ ޕެކެޓުތަކުގެ ތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރި ހާހަކަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

އަހުމަދު ޝުރާއު

logo

6/17/2026, 4:30:24 AM

# ކަސްޓަމްސް ސާވިސަސް

-

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ވަރަށް ޚާއްޞަ އަދި ކާމިޔާބު އޮޕަރޭޝަނެއްގެ ތެރެއިން، ޤާނޫނާ ޚިލާފަށް ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ހާހަކަށްވުރެ ގިނަ ވޭޕް ކާޓްރިޖް ކާމިޔާބުކަމާއެކު އަތުލައިގެންފިއެވެ.

THE TRAVELLER AD

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގަތުމަށްޓަކައި މި ޚާއްޞަ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރުގައެވެ.

މި އޮޕަރޭޝަނަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި އާންމު މުދާ ޝިޕްމެންޓެއްގެ ތެރޭގައި، ގާނޫނާއި ގަވާއިދާ ޚިލާފު ނުރައްކާތެރި ތަކެތި ފޮރުވާފައި ހުރެދާނެކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އެގޮތުން، މި އޮޕަރޭޝަންގައި ކަސްޓަމްސްއިން ބަލާފާސްކުރި ކާބޯތަކެތީގެ ޝިޕްމަންޓުގެ ތެރޭގައި ހިމެނޭ އާންމު ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި، ޗޮކްލެޓް ޕައުޑަރ ޕެކެޓުތަކުގެ އެތެރޭގައި ފޮރުވާފައި ހުއްޓާ ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް ވަނީ ހޯދާފައެވެ.، ކަސްޓަމްސް އޮފިސަރުން ވަނީ އެ ތަކެތީގެ ތެރެއިން ޖުމްލަ 1,108 ވޭޕް ކާޓްރިޖް އަދި ވޭޕް ބޭނުންކުރުމަށް ގެނައި 27 އިލެކްޓްރޯނިކް ޑިވައިސް ހޯދައި، ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރާއްޖެއަށް ސިއްރުން ވޭޕް އެތެރެކުރަން އުޅުނު މިތަކެތީގެ މައްސަލަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިހާރު ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. ކަ

ސްޓަމްސްއިން ބުނީ، ރާއްޖޭގެ ބޯޑަރުތައް ހިމާޔަތްކުރުމަށާއި، ގާނޫނާ ޚިލާފަށް އެތެރެކުރާ މިފަދަ ތަކެތި ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ފާސްކުރުންތަކާއި އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް އެއްވެސް ދޫދިނުމެއްނެތި ވަރުގަދައަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC