logoEN
WAMCO TOP 1
1.8 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

1.8 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

# މަސްތުވާތަކެތި# ކަސްޓަމްސް ސާވިސަސް# ވައިގެ މަގުން

ފޮޓޯ: ކަސްޓަމްސް

1.8 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

THE TRAVELLER AD

މޯލްޑިވްސް ކަސްޓަމްސްއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 941 ގްރާމްގެ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ވަނީ އަތުލައިގެންފައެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަރައެވެ.

ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެއްޗަކީ، މެތަމްފެޓަމިން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ.

ކަސްޓަމްސް އިން 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތް އިރު މިދިޔަ މެއި މަހުގެ 05 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ މަަގުމަތީއަގު 6 މިލިއަން ދިވެހި ރުފިޔާއަށް އަރައެވެ.

ކޮމެންޓް
ފަހުގެ
HDC