logoEN
WAMCO TOP 1
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސް މަރުހަލާއަށް 10 ދުވަސް

ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސް މަރުހަލާއަށް 10 ދުވަސް

# ކަސްޓަމްސް ސާވިސަސް# މުދާ އުފުލުން

ކާގޯ

ކަނޑުމަގުން ދިވެހިރާއްޖެ އިން ބޭރަށް މުދާ ފޮނުވުމުގައި ފުރިހަމަކުރަންޖެހޭ މަރުހަލާތަކަށް މިހާރު އާންމުކޮށް ހޭދަވަނީ 10 ދުވަސް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކޮށްފި އެވެ.

THE TRAVELLER AD

ކަސްޓަމްސް އިން ނެރިފައިވާ “ޓައިމް ރިލީޒް ސްޓަޑީ 2025” ރިޕޯޓްގައިވަނީ ކަސްޓަމްސްއިން ކުރިއަށްގެންދިޔަ ދިރާސާގެ ހޯދުންތައް އާންމުކޮށްފަ އެވެ.

ކަސްޓަމްސް އިން ބުނީ މިއީ މުދާ ބޭރުކުރުމުގެ ވަގުތުތައް ކަމަށެވެ. އަދި އެވަގުތުތައް ބަލާފައިވަނީ ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ ވަގުތުން ފެށިގެން މުދާ ބަރުކޮށްގެން ބޯޓު ފުރާ ވަގުތާ ހަމައަށް ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި މިކަމަށް ހޭދަވަނީ 10 ދުވަހާއި، 10 ގަޑިއިރާއި، 14 މިނެޓް ކަމަށް ކަސްޓަމްސްއިން ފާހަގަކޮށްފައިވެ އެވެ.

މި ހޯދުންތަކުގެ އަލީގައި އިދާރީ އިސްލާހުތަކާއި ޑިޖިޓަލް ނިޒާމުތައް މެދުވެރިކޮށް މުދާ ފޮނުވުމުގައި ހިނގާ ވަގުތު ކުރުކުރެވޭނެ ގޮތްތައް ދެނެގަނެވޭނެ ކަމަށް ކަސްޓަމްސް އިން ފާހަގަކުރެ އެވެ.

އެގޮތުން ޑިކްލަރޭޝަން ހުށަހެޅުމުން ފެށިގެން އެސެސްމަންޓްގެ މަސައްކަތް ނިމުމާ ހަމައަށް ގާތްގަނޑަކަށް 15 ގަޑިއިރާއި ހަ މިނެޓު ހޭދަވާއިރު، ފައިސާ ދެއްކުމުގެ މަރުހަލާއަށް އިތުރު 17 ގަޑިއިރާއި 31 މިނެޓު ހޭދަވެއެވެ.

އޮފް-ޝޯ ރިކުއެސްޓަށް 1 ދުވަހާއި 16 ގަޑިއިރާއި 55 މިނެޓު ހޭދަވާއިރު އޮފް-ޝޯ އެޕްރޫވަލްއަށް 1 ދުވަހާއި 9 ގަޑިއިރާއި 47 މިނެޓް ހޭދަވެއެވެ.

މީގެއިތުރުން މުދާ ބަލައި ފާސްކުރުމުގެ މަރުހަލާއަށް ގިނަ ވަގުތެއް ހޭދަވާއިރު، ސަރުކާރުގެ އެކި އިދާރާތަކުން ކުރަންޖެހޭ އިންސްޕެކްޝަންތައް ނިންމުމަށް އެވްރެޖްކޮށް 1 ދުވަހާއި، 9 ގަޑިއިރު އަދި 35 މިނެޓް ހޭދަވެ އެވެ.ބުކިން ފޯމަށް ހުއްދަ ލިބުމަށް ގާތްގަނޑަކަށް 1 ދުވަހާއި، 13 ގަޑިއިރާއި، 57 މިނެޓު ހޭދަވާއިރު، މުޅި ސިލްސިލާގައި އެންމެ ގިނަ ވަގުތު ހޭދަވަނީ އެންމެ ފަހު މަރުހަލާ ކަމަށްވާ މުދާ ބަރުކޮށް ބޯޓު ފުރުމުގެ މަރުހަލާގައެވެ. މި މަރުހަލާއަށް އެކަނިވެސް 2 ދުވަހާއި، 12 ގަޑިއިރާއި، ތިން މިނެޓު ހޭދަވާކަމަށް ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކޮމެންޓް
ފަހުގެ
HDC