logoEN
Sto top
ފުރަތަމަ ހާފުގައި ކާމިޔާބުކުރި ދެލަނޑާއެކު ވުލްވްސް އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ

ފުރަތަމަ ހާފުގައި ކާމިޔާބުކުރި ދެލަނޑާއެކު ވުލްވްސް އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ

ހަސަން ޝަމްއޫން

logo

1/24/2026, 6:16:54 PM

# މެންޗެސްޓާރ ސިޓީ# ބޭރު ދުނިޔޭގެ ކުޅިވަރު# ވުލްވްސް# އިނގިރޭސި ޕްރިމިއާ ލީގު

ސެމެންޔޯ ވުލްވްސް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.

Wamco

ލީގުގައި މެންޗެސްޓާ ސިޓ އެެންމެ ފަހުން ކުޅުނު މެޗުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ވުލްވްސް އެންމެެ ފަހުން ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އިންނެވެ.

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ސިޓީ އިން ލީޑުހޯދީ ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު ފޯވާޑް އޮމަރު މަރްމޯޝް އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެތެރޭގައި ކާމިޔާބުކޮށްދިނީ ދާދި ފަހުން އެޓީމާއި ގުޅުނު ގާނާގެ ފޯވާޑް އެންޓޮއިން ސެމެންޔޯ އެވެ. މިއީ ސެމެންޔޯ ސިޓީއާއި ގުޅުނު ފަހުން ކުޅުނު ހަތަރު މެޗުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފުގައި ވުލްވްސް އިން އެޓީމު ކުޅުން ރަނގަޅުކޮށް އެޓޭކުތައް ވަރުގަދަކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 23 މެޗުން މެންޗެސްޓާ ސިޓީއަށް 46 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ވުލްވްސް އިން ލީގުގައި ކުޅުނު 23 މެޗުން ހޯދި އަށް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.

މިރޭ ޕްރެމިއާ ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ރަށުން ބޭރުގައި ވެސްޓްހަމް އަތުން 3-1 ގެ ނަތީޖާއަކުން ސަންޑަލޭންޑް ބަލިވިއިރު، އަމިއްލަ ދަނޑުގައި ފުލަމް އިން ވަނީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށްފައެވެ. އަދި ރަށުން ބޭރުގައި ބާންލީ އާއި ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC