
-
އައްޑޫ ސިޓީ، ހުޅުދޫ ބަނދަރު ސަރަހައްދުގައި ހުރި ތާރު ފީފާތަކެއްގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އައްޑޫ ސިޓީ، ހުޅުދޫ ބަނދަރު ސަރަހައްދުގައި ހުރި ތާރު ފީފާތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ނިއްވާލާފައިވާ ކަމަށެވެ.
އެގޮތުން މި ހާދިސާގެ މަޢުލޫމާތު މިއަދު 14:00 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 15:21 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ގުޅުންހުރި

އައްޑޫގައި ގާއިމުކުރި އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވައިފި

ފެނަކައިން ކުރިޔަށްގެންދާ ލޭ ހާދިޔާކުރުމުގެ ގައުމީ ކެމްޕެއިން "ލޭފަވެތި ފެނަކަ" މިފަހަރު އައްޑޫގައި!

ސޯލާ ޕީވީ ނިޒާމުތަކުގެ މަސައްކަތް ގާތުން ބެލުމަށް ވޯލްޑް ބޭންކުގެ ޓީމެއް ދެކުނުގައި

.gif&w=3840&q=75)



