logoEN
Sto top
އައްޑޫގައި ގާއިމުކުރި އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވައިފި

އައްޑޫގައި ގާއިމުކުރި އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވައިފި

# އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް# އައްޑޫ ސިޓީ# ހެލްތް މިނިސްޓްރީ

އައްޑޫ ސިޓީގައި ގާއިމުކުރި ސަރުކާރު އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

އައްޑޫ ސިޓީގައި ގާއިމުކުރި ސަރުކާރު އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވައިފި އެވެ.

Wamco

އަތޮޅުތޭރޭގައި ގާއިމްކުރި ފުރަތަމަ އައިނު ފިހާރައާއި ކެތު ލެބް، ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ހުޅުވައިދެއްވީ އެކަމަށްޓަކައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އޮތް ހާއްސަ ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން މާލެ ސިޓީ ގްރޫފް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް އަދި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރް އަހުމަދު ވަނީ ބައިވެރިވެފަ އެވެ.މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ އައްޑޫގައި ގާއިމުވެގެންދިޔަ ކެތު ލެބްގެ ހިދުމަތަކީ އައްޑޫސިޓީގެ އިތުރުން މުޅި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން ހިތުގެ ބަލިތަކަށް ފަރުވާކުރުމަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރެވިގެންދާނެ ކަމަށެވެ. އަދި އިތުރަށް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

އައިނު ފިހާރައަށް އަލިއަޅުއްވާލަމުން އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މިއީ އެމްސީޖީއެޗް އާއި އޭއީއެޗް އާއި ގުޅިގެން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ސަރުކާރުން ގާއިމްކުރާ މިފަދަ އައިނު ފިހާރަތަކުގެ ސަބަބުން ރައްޔިތުން އައިނު ހެއްދުމަށް ދިމާވަމުންދިޔަ މާލީ ގޮންޖެހުންތަކަށް ލުޔެއް ލިބިގެންގޮސްފައިވާ ކަމަށް އަބްދުއްރައްޒާގް ހަލީމް ވިދާޅުވި އެވެ.

"މާލޭ އައިނު ފިހާރަ ހުޅުވިތާ ދެމަސް ދުވަސް ތެރޭގައި ދުވާލަކު 100 މީހަކު ހިދުމަތް ހޯދަމުން ދިޔަކަމަށް އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވި އެވެ. އަދި މިހާރު ދުވާލަކު 40 އަށް ވުރެއް ގިނަ މީހުން ހިދުމަތް ހޯދަމުން އަޅުގަނޑުމެންގެ ތަފާސް ހިސާބުތަކުން ދައްކައި. އެގޮތުން އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 12988 ފަރާތަކަށް ވަނީ ހިދުމަތް ފޯރުކޮށްދީފައި. މީގެ ތެރެއިން 12056 ފަރާތަކަށް ސަރުކާރުގެ ހަރަދުގައި އައިނު ހައްދާ ވަނީ ފޯރުކޮށްދީފައި" ހަލީމް ވިދާޅުވި އެވެ.މި ރަސްމިއްޔާތުގައި ކެތު ލެބްގެ ކަންކަން ބަލަހައްޓާއި ހިނގުމާއި އައިނު ފިހާރަ އާއި ގުޅުންހުރި ކަންކަން ބެލެހެއްޓުމަށް އައިޖީއެމްއެޗްއާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC