logoEN
WAMCO TOP 1
ހިތަދޫގައި އަލިފާނުގެ ހާދިސާއެއް!

ހިތަދޫގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

3/21/2026, 8:23:18 AM

# އައްޑޫ ސިޓީ

-

އައްޑޫ ސިޓީ، ހިތަދޫ ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

THE TRAVELLER AD

އެމްއެންޑީއެފުން މިއަދު ބުނީ ހިތަދޫ އެފްކޮން ސައިޓުގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 12:10 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 12:39 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

ކޮމެންޓް
ފަހުގެ
HDC