
އައްޑޫ ސިޓީ ސުކޫލުތަކުގެ ޓްރެފިކް މޮނީޓަރުން ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
# އައްޑޫ ސިޓީ-
އައްޑޫ ސިޓީ ސުކޫލުގެ ޓްރެފިކް މޮނީޓަރުންނަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މާރިޗު 30 ވަނަ ދުވަހު ހިތަދޫ ޕޮލިހުން ކުރިއަށްގެންދިޔަ މި ސެޝަނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ސުކޫލު ދަރިވަރުންނަކީ އެކަމަށް ބޭނުންވާ މުހިންމު މައުލޫމާތާއި ހުނަރު ލިބިފައިވާ ބަޔަކަށް ހެދުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަންގައި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމާއި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި ސިއްހީ ކުށްލި ހާލަތްތަކުގައި އަވަސްފަރުވާ ދޭނެ ގޮތްތަކާއި އަވަސް ފަރުވާދިނުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރުން، މަގުމަތީގެ އަދަބުތަކާއި ސުކޫލު ސަރަހައްދުގެ ޓްރެފިކް ބަލަހައްޓާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.
މި ސެޝަންގައި ހިތަދޫ ސުކޫލާއި، ނޫރާނީ ސުކޫލާއި ޝަރަފުއްދީން ސުކޫލުގެ ދަރިވަރުން ހިމެނޭހެން ޖުމުލަ 50 ދަރިވަރުން ބައިވެރިވިއެވެ. މި ސެޝަން ފުރިހަމަކުރި ދަރިވަރުންނަށް ހަނދާނީ ލިޔުން ދީފައިވެއެވެ.
ގުޅުންހުރި

އައްޑޫ ސިޓީ ސުކޫލުތަކުގެ ޓްރެފިކް މޮނީޓަރުން ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ހިތަދޫގައި އަލިފާނުގެ ހާދިސާއެއް!

އައްޑޫގައި ގާއިމުކުރި އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވައިފި

.gif&w=3840&q=75)



