logoEN
Sto top
ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ: އާދަމް ޝަރީފް

ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ: އާދަމް ޝަރީފް

އަހުމަދު ޝުރާއު

logo

1/22/2026, 11:59:03 AM

# އާދަމް ޝަރީފް އުމަރު

-

ދިވެހި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ކައުންސިލް އެންޑް ގަަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

Wamco

އެ މަނިކުފާނު މިހެން ވިދާޅުވީ ރޯދަ ހަދިޔާ ބެހުމާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ފަހު ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ ވިދާޅުވީ ރޯދަ ހަދިޔާ ބެހެމުގެ މަސައްކަތް 24 ޖެނުއަރީ 2026 ގައި މުޅި ރާއްޖޭގައި ފެށޭނެ ކަމަށެވެ. ގްރޭޓަރ މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ފަށާނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ.

ރަށްރަށާއި، ސިޓީތަކުގައި (މާލެ ފިޔަވައި) ގޭބިސީގޮތުގައި ބަލާފައިވާނީ ވަކިން ކައްކާކައިބޮއި ހަދާ ކޮންމެ ދިވެހި ޢާއިލާއަކަށެވެ. މާލެ ސަރަހައްދުގައި ކޮންމެ ޑޮމެސްޓިކް މީޓަރެއް ވަކި ގޭބިސީއެއްގޮތުގައި މިނިސްޓްރީން ބަލާފައިވާނެއެވެ.

ގޭބިސީ ލިސްޓް އެކުލަވައިލެވުނުއިރު ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ. ވުމާއެކު މުޅި ޖުމުލަ ގޭބިސީގެ ޢަދަދަކީ 118,673 އެވެ.

މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބަހަން 15 މަރުކަޒެއް ގާއިމުކުރެވިގެންދާނެއެވެ. އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.

މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:

މާލެ؛

  1. މިފްކޯ މަރުކަޒު
  2. ސޯޝަލް ސެންޓަރު
  3. އެމްޓީސީސީ ސޯމިލު
  4. ހެންވޭރު ބޯޅަދަނޑު
  5. ގަލޮޅު ދަނޑު (1)
  6. ގަލޮޅު ދަނޑު (2)
  7. ގަލޮޅު ދަނޑު (3)
  8. ގަލޮޅު ދަނޑު (4)

ހުޅުމާލެ- ފޭސް 1؛

  1. ޢުމަރު ޒާހިރު ބިލްޑިންގ
  1. ޕޮލްކޯ ޓަވަރ ތިރި
  1. މުޙައްމަދު ޤާސިމް ޕްރީ ސްކޫލް

ހުޅުމާލެ ފޭސް 2؛

  1. ކާމިލުދީދީ ސްކޫލް
  2. ހިޔާޓަވަރު 10
  3. ވިނަރެސް ފްލެޓް

ވިލިމާލެ؛

  1. ވެމްކޯސައިޓް

ރޯދަ ހަދިޔާގެ ޑިސްޓްރިބިއުޝަންއަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރޯދަހަދިޔާ ޕޯޓަލް roadhahadhiya.mv ނަންބަރު ނެގޭނެއެވެ. ޕޯޓަލް މެދުވެރިކޮށް މިހާރު ނަންބަރު ނެގޭނެއެވެ. މަރުކަޒުތަކުން ރޯދަހަދިޔާ ދޫކުރަން ފަށާނީ 24 ޖަނަވަރީ 2026 ގައެވެ. 11 ފެބުރުވަރީ 2026 ގެ ނިޔަލަށް ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC