logoEN
Sto top
ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

# އެޗްޕީއޭ# ވޯލްޑް ނޯ ޓޮބޭކޯ ޑޭ# ހެލްތު މިނިސްޓްރީ# ދުންފަތް

ފޮޓޯ: ގާފު އޮންލައިން

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާއި ގުޅުވައިގެން ދޭ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ހުށަހެޅުމަށް އެންމެ ފުރަތަމަ ހުޅުވާލީ ފުރުސަތު ހަމަވީ މި މަހުގެ 16ވަނަ ދުވަހުއެވެ.

Wamco

ނަމަވެސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ 13ވާ އަންގާރަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

"ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަކީ ކޮންމެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް (31 މެއި)"ގެ މުނާސަބަތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ދޭ އިނާމެކެވެ.

މި އިނާމު ދެއްވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައެވެ.

ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރާ އަދި ވަކީން ޚާއްޞަކޮށް އެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް"ގެ ޝިޢާރާ ގުޅުން ހުރި މަސައްކަތްތައް ކޮށްފައިވާ އަދި ކުރަމުން ގެންދާ ފަރުދުންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި އިދާރާތަކުން މި އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި އަހަރުގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް" ގެ ޝިޢާރަކީ "އަންމާސްކިންގ ދަ އެޕީލް – ކައުންޓަރިން ނިކޮޓިން އެންޑް ޓޮބޭކޯ އެޑިކްޝަން" އެވެ.

ވީމާ، މި އެވޯޑަށް އެދި ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން ޑަބްލިޔުއެޗްއޯ ގެ ލިންކް (https://www.who.int/europe/news-room/articles/item/call-for-nominations-for-the-who-world-no-tobacco-day-2026-awards) ގައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2026 ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ވަނީ އެދިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC