
-
އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުދޫގައި މިރޭ އަލިފާނުގެ ހާދިސާތަކެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ އައްޑޫ ސިޓީ، ހުޅުދޫ ފުލެޓް ސަރަޙައްދުގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވުމާއި ގުޅިގެންނާއި އައްޑޫ ސިޓީ، މީދޫ ސަންސެޓް ރެސްޓޯރެންޓް ސަރަޙައްދު ކައިރި ވަލުތެރޭގައި ހުރި ކުނިތަކެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މިގޮތުން އައްޑޫ ސިޓީ، ހުޅުދޫ ފުލެޓް ސަރަޙައްދުގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވިކަމުގެ ރިޕޯޓު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް މިރޭ 18:55 ހާއިރު ލިބުމާއިއެކު ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށާއި ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިރޭ 19:30 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައި އެވެ.
އައްޑޫ ސިޓީ، މީދޫ ސަންސެޓް ރެސްޓޯރެންޓް ސަރަޙައްދު ކައިރި ވަލުތެރޭގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވިކަމުގެ ރިޕޯޓު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުނީ މިރޭ 19:51 ހާއިރު އެވެ. މިއާއިއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިރޭ 20:13 ހާއިރުއެވެ.
ގުޅުންހުރި

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުދޫގައި މިރޭ އަލިފާނުގެ ދެ ހާދިސާ!

ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް "ދޯސްތީ 17" ކާމިޔާބުކަމާއިއެކު ނިންމާލައިފި

ގެއްލިގެން ހޯދަމުންދިޔަ 2 މީހުންގެ ތެރެއިން ދިވެހި މީހާގެ ހަށިގަނޑު ފެނިއްޖެ





