logoEN
WAMCO TOP 1
ބަންޑުން ޖަހާލި ބޯޓުގެ ބައެއް ތަކެތި އޮޔާދާތީ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެމްއެންޑިއެފުން އެދިއްޖެ

ބަންޑުން ޖަހާލި ބޯޓުގެ ބައެއް ތަކެތި އޮޔާދާތީ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެމްއެންޑިއެފުން އެދިއްޖެ

# ކަނޑުމަތީ ހާދިސާ# އެމްއެންޑީއެފް

ފޮޓޯ: އެމްއެންޑީއެފް

ތާޖު އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުން ޖަހާލި ބޯޓުގެ ބައެއް ތަކެތި އޮޔާދާތީ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެމްއެންޑިއެފުން އެދިއްޖެއެވެ.

THE TRAVELLER AD

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 7:27 ޖަހާކަށްހާއިރު ބަންޑުން ޖަހާލާފައިވަނީ "ބަލްމާ – 6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށެވެ. އަދި އެބޯޓުން 4 މީހުން ދަތުރު ކުރި ކަމަށާއި، އޭގެތެރެއިން 2 މީހަކު އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ވަނީ ނަގާފައެވެ.

ބާކީތިބި 2 މީހުން ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން ގެންދާއިރު ގެއްލިގެން ހޯދަމުންދަނީ ދިވެއްސަކާއި، ބިދޭސީއެކެވެ.

މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއާއި ކޯސްޓުގާޑް ޑައިވަރުންގެ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އިރު ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަންދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށް އެމްއެންޑީއެފް ބުންޏެވެ.

ކޮމެންޓް
ފަހުގެ
HDC