logoEN
Sto top
ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް "ދޯސްތީ 17" ކާމިޔާބުކަމާއިއެކު ނިންމާލައިފި

ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް "ދޯސްތީ 17" ކާމިޔާބުކަމާއިއެކު ނިންމާލައިފި

އަހުމަދު ޝުރާއު

logo

1/20/2026, 12:07:54 PM

# އެމްއެންޑީއެފް

-

ރާއްޖެއާއި އަވަށްޓެރި ސްރީލަންކާއާއި އިންޑިއާއި ގުޅިގެން ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދާ ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ކާމިޔާބުކަމާއިއެކު ރާއްޖޭގައި ނިންމާލައިފި އެވެ.

Wamco

މި ތަމުރީނަކީ، ދިވެހިރާއްޖެއާ އިންޑިއާގެ ކޯސްޓުގާޑުގެ މެދުގައި ރަޙުމަތްތެރިކަމާއި އޮޕަރޭޝަނަލް ކޭޕެބިލިޓީއާ އިންޓަރ އޮޕަރެބިލިޓީ ހަރުދަނާ ކުރުމުގެ މަޤުޞަދުގައި 1991 އިން ފެށިގެން ބާއްވަމުން ގެންދާ ޙަރަކާތެކެވެ. އަދި އަވަށްޓެރި ސްރީލަންކާ އިންވެސް ދަނީ 2012 އިން ފެށިގެން މި ތަމުރީނުތަކުގައި ބައިވެރިވަމުންނެވެ.

ދޯސްތީ 17 ގެ ނަމުން މިއަހަރު ބޭއްވި އެކްސަސައިޒް ނިންމާލީ އިއްޔެ އެވެ. ތިން ދުވަހުގެ މި އެކްސަސައިޒުގައި އިންޑިއާ ކޯސްޓްގާޑުގެ މަތިންދާބޯޓަކާއި ދެ މަނަވަރުގެ އިތުރުން ސްރީލަންކާ ކޯސްޓްގާޑުގެ މަނަވަރެއްވެސް ވަނީ ރާއްޖޭގައި ތަމްރީންތައް ކުރިޔަށް ގެންގޮސްފައި އެވެ. އެކްސަސައިޒްގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ދިވެހީ ކޯސްޓްގާޑުގެ ފްލީޓާއި އެންމެ ފަހުން ގުޅުން ރާއްޖޭގެ އެންމެ ބޮޑު މަނަވަރު ކޯސްޓްގާޑު ދަރުމަވަންތައެވެ.

އެކްސަސައިޒަށް ރާއްޖެއައި ބޭރުގެ އުޅަނދުތައް މިއަދު ވަނީ އަނބުރާ ގައުމުތަކަށް ފުރާފައި އެވެ.

16 ޖަނަވަރީ އިން 19 ޖަނަވަރީގެ ނިޔަލަށް ބޭއްވުނު "ދޯސްތީ 17" ގައި ކަނޑުމަތީގެ ޙާދިޘާތަކުގައި ޙާލުގައިޖެހޭ މީހުން ސަލާމަތްކުރުމާއި، ކަނޑުގެ ސަރަޙައްދުގެ ސަވައިލެންސް އަދި މުވާޞަލާތީ ތަމުރީނުތަކުގެ އިތުރުން ކަނޑު ތަޣައްޔަރުވުމުން ރައްކާތެރިވުމަށް ހިންގާ "މާޕޯލް" (MARPOL) ތަމުރީނުތައް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ. މި ޙަރަކާތްތަކަކީ ބައިވެރިވާ ކޯސްޓްގާޑްތަކުގެ ތައްޔާރީ ޙާލަތު ވަރުގަދަކޮށް، ޕްރޮފެޝަނަލް ކޮލަބަރޭޝަން ހަރުދަނާކުރުމަށް ކުރިއަށްގެންދާ އެކްސަރސައިޒެކެވެ.

މި އަހަރުގެ "ދޯސްތީ" ޙަރަކާތުގައި މައިގަނޑުގޮތެއްގައި ކުރިޔަށްގެންދިޔައީ "ޖޮއިންޓް ޓްރެއިނިންގ" ތަކާއި "މެރިޓައިމް އިންފޮމޭޝަން" ޝެއަރކުރުމުގެ ތަމުރީނުތަކެވެ. މީގެ ސަބަބުން މި ޙަރަކާތުގެ ބައިވެރިންނަށް އެކަކު އަނެކެއްގެ ތަޖުރިބާ އާއި ހުނަރު ބަދަލުކޮށް، މަސައްކަތުގެ މާހައުލުގައި އޮންނަ ޕްރޮފެޝަނަލް ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC